2026 ވަނަ އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، މުޅި ގައުމަށް ލިބުނު ފަޚުރާއި އުފާވެރިކަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވައިފިއެވެ.
ތައިލެންޑުގައި ބޭއްވުނު މި މުބާރާތުގައި ދިވެހި ގައުމީ ޓީމް ކުޅެން ބާކީ އެއްމެޗު އޮތްވާ ބޫޓާން ބަލިކޮށް ރާއްޖެއިން ޗެމްޕިއަންކަން މިއަދު ކަށަވަރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، 100 އިންސައްތަ ރެކޯޑަކާވެސް އެކުގައެވެ.
ގައުމީފުޓްސަލް ޓީމް ހޯދި ފަހްރުވެރި ތާރީހީ ކާމިޔާބީއާގުޅިގެން ކުރީގެ ރައީސް ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ތާރީޚީ ކާމިޔާބީއަކީ މުޅި ގައުމު ފަޚުރުވެރިވާ ފަދަ އުފާވެރި ވަގުތެއް ކަމަށެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެއްވެސް މެޗަކުން ބަލިނުވެ މުބާރާތް ކާމިޔާބުކުރުމަކީ ދިވެހި ކުޅުންތެރިންގެ ހުނަރުވެރިކަމާއި، މުބާރާތަށް ދިން އަހަންމިއްޔަތުކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
މީގެ އިތުރުން، މި ކާމިޔާބީއާއެކު ރާއްޖޭގައި ފުޓްސަލް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ކުރިއަރައިގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު ލިބިއްޖެ ކަމަށް ޞާލިޙް ވިދާޅުވިއެވެ. މި ފަހަރުގެ މުބާރާތަކީ ރާއްޖޭގެ ފުޓްސަލް ތާރީޚުގައި ބައިނަލްއަގުވާމީ މައިދާނެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާއިރު، މިއީ ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު