މިދިޔަ ދުވަސްތަކުގައި އީރާނުގައި ކުރި މުޒާހަރާތައް ހުއްޓުވުމަށް ހިންގި ހަރަކާތްތަކުގައި އެތައް ހާސް ބަޔަކު މަރުވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް މެދުއިރުމައްޗަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައި، އީރާނުގެ އަސްކަރީ ކޮމާންޑަރު ޖެނެރަލް މުހައްމަދު ޕަކްޕޫރު ވިދާޅުވީ އީރާނުގެ ލަޝްކަރު އޮތީ "އިނގިލި ބަޑީގެ އޮބިގަނޑުގައި (ޓްރިގަރ) ޖައްސައިގެން" ކަމަށާއި، ކޮންމެ ވަގުތަކުވެސް ހަމަލާއެއް ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ ގާތް ގުޅުމެއް އޮންނަ "ނޫރުނިއުސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެނެރަލް ޕަކްޕޫރު ވަނީ އެމެރިކާއާއި އިޒްރޭލުން އެއްވެސް ކަހަލަ "މިސްކަލްކިއުލޭޝަނެއް" ނުވަތަ ހިސާބު އަކުރު އޮޅުވާލުމެއް ނުގެންގުޅުމަށް އިންޒާރު ދީފައެވެ. އޭނާ އިތުރަށް ވިދާޅުވީ، އީރާނުގެ ރޫހީ މޭސްތިރި ނުވަތަ ކޮމާންޑަރު އިން ޗީފް ދެއްވާ ކޮންމެ އަމުރެއް ތަންފީޒު ކުރުމަށް އީރާނުގެ ސިފައިން ތިބީ ކުރިއަށްވުރެ ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.
މި ނުތަނަވަސްކަން އުފެދިފައިވަނީ އީރާނުގެ ފައިސާ، ރިއާލްގެ އަގު ވެއްޓުމާ ގުޅިގެން މިދިޔަ ޑިސެމްބަރު 28 ގައި ފެށި މުޒާހަރާތައް ހުއްޓުވުމަށް އީރާނު ސަރުކާރުން ބާރުގެ ބޭނުންކޮށް، ގިނަ ބަޔަކު މަރާލާފައިވާ ދަނޑިވަޅެއްގައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި މުޒާހަރާތަކާ ގުޅިގެން 40،000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް މަރުގެ އަދަބު ދީފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ދެ "ރަތް ރޮނގެއް" ކަނޑައަޅުއްވާފައެވެ. އެއީ ސުލްހަވެރި މުޒާހަރާގެ ބައިވެރިން މެރުމާއި، ހައްޔަރުކޮށްފައިވާ މީހުންނަށް ގިނަ އަދަދަކަށް މަރުގެ އަދަބު ދިނުމެވެ. މީގެ އިތުރުން، އެމެރިކާގެ އަސްކަރީ މަނަވަރުތަކުގެ ފްލީޓެއް އީރާނާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށާއި، ބޭނުން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ބުނާ ގޮތުގައި، ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރު މިހާރު އޮތީ އިންޑިއާ ކަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު