އިންޓަނެޓަކީ އަބަދުވެސް ތަފާތު އަދި މަޖާ ކަންތައްތަކެއް ފެންނަ ތަނެކެވެ. މި ދުވަސްވަރު ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ އެކަނިވެރިކަމާއެކު ދަތުރުކުރާ "ނިހިލިސްޓް ޕެންގުއިން ނުވަތަ "އެކަނިވެރި ޕެންގުއިން" ގެ ވާހަކައެވެ. އާންމުކޮށް ޕެންގުއިންއަކީ ބައިބަޔަށް އުޅޭ އެއްޗެއް ނަމަވެސް، މި ޕެންގުއިން އޭގެ އާއިލާއާ ވަކިވެ، އެންޓާކްޓިކާގެ ފިނި ހަނަފަސް ސަރަހައްދަށް އެކަނި ދަތުރުކުރާ މަންޒަރުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
މި ޓްރެންޑް ކިތަންމެ ބޮޑުވި ނަމަވެސް، މިއީ މުޅިން އަލަށް ފެނުނު ވީޑިއޯއެއް ނޫނެވެ. މިއީ 2007 ވަނަ އަހަރު ވާނާ ހާޒޯގް ނެރުނު "އެންކައުންޓާސް އެޓް ދަ އެންޑް އޮފް ދަ ވޯލްޑް" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީއެއްގައި ހިމެނޭ މަންޒަރެކެވެ. އޭގައި ފެންނަނީ އެޑެލީ ޕެންގުއިންއެއް އޭގެ ބައިގަނޑާ ވަކިވެ، ކަނޑާ ދުރަށް، ފަރުބަދަތަކާ ދިމާލަށް އެކަނި ދަތުރުކުރާ ތަނެވެ. މި ދަތުރަކީ ޕެންގުއިންގެ ފުރާނައަށް ނުރައްކާވާނެ "މަރުގެ ދަތުރެއް" ކަމަށް ޑޮކިއުމެންޓްރީގައި ބުނެފައިވެއެވެ. ނަމަވެސް މި މަންޒަރު މިހާރު ވައިގައި ހިފާފައިވަނީ މިއަދުގެ ދިރިއުޅުމުގެ ވަރުބަލިކަމާއި، އެކަނިވެރިކަމާއި، ދިރިއުޅުމުގެ މާނަ ހޯދުމަށް ކުރާ މަސައްކަތުގެ ރަމްޒެއްގެ ގޮތުގައެވެ.
2026 ވަނަ އަހަރުގެ ކުރީކޮޅު މި ޓްރެންޑް އަލުން ފެންމަތިވީ ޓިކްޓޮކްގައި މި ވީޑިއޯއަށް ހިތްދަތި މިއުޒިކެއް ލައިގެން އެޑިޓްކޮށްފައި ހުރި ވީޑިއޯތަކެއް އާންމުވުމާ ގުޅިގެންނެވެ. ޚާއްޞަކޮށް ޖެނުއަރީ 16 ގައި އާންމުވި އެޑިޓަކަށް ފަހު، މުޅި ދުނިޔޭގައި މި ޕެންގުއިން މަޝްހޫރުވެގެން ދިޔައެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި، އެއްވެސް މިސްރާބެއް ނެތި އެކަނި ކުރިއަށްދާ މި ޕެންގުއިންއަކީ މިއަދުގެ ދުނިޔޭގައި މީހުންނަށް ކުރެވޭ އެކަނިވެރިކަމުގެ އިހުސާސްތައް ދައްކުވައިދޭ މޫނުބަލާ ލޯގަނޑެކެވެ.
މި ޓްރެންޑަށް އިތުރު ފޯރިއެއް އައީ އެމެރިކާގެ ވައިޓް ހައުސްއިން ވެސް މިކަމުގައި ބައިވެރިވުމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ޕެންގުއިންއާއެކު ހިނގާފައިދާ މަންޒަރު ދައްކުވައިދޭ އޭއައި ފޮޓޯއެއް ވައިޓް ހައުސްއިން ވަނީ އާންމުކޮށްފައެވެ.
ގްރީންލޭންޑްގެ ދިދައާ އެކު އާންމުކުރި މި ފޮޓޯއިން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު، މިއީ ޓްރަމްޕް ގްރީންލޭންޑް މިލްކުކުރުމަށް ގެންގުޅުއްވާ ޝައުގުވެރިކަމާ ގުޅުވައިގެން ޖަހާފައިވާ ސޯޝަލް މީޑިއާ ޕޯސްޓެކެވެ. ކޮންމެއަކަސް، މި ޕެންގުއިންގެ ސަބަބުން މިއަދު މުޅި އިންޓަނެޓް ވަނީ "އެކަނިވެރިކަމާއި ދިރިއުޅުމުގެ މަޤްޞަދާ" މެދު ފަލްސަފާވެރި ސުވާލުތަކުން ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު