އީރާނަށް އެމެރިކާއިން އެއްވެސް ކަހަލަ އަސްކަރީ ހަމަލާއެއް ދީފިނަމަ، މެދުއިރުމަތީގެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް އީރާނުގެ ނުފޫޒުގަދަ ދީނީ އިލްމުވެރިއަކު އިންޒާރު ދެއްވައިފިއެވެ.
ތެހެރާންގައި ބޭއްވި ހުކުރު ނަމާދުގެ ބޮޑު ޖަމާއަތެއްގައި ވާހަކަދައްކަވަމުން އިމާމް މުހައްމަދު ޖަވާދު ހައްޖު އަލީ އަކްބަރީ ވިދާޅުވީ، އެ ސަރަހައްދުގައި އެމެރިކާއިން އިންވެސްޓްކޮށްފައިވާ އެއް ޓްރިލިއަން ޑޮލަރަކީ އީރާނުގެ މިސައިލްތަކުގެ އަމާޒުފަތްގަނޑެއްގެ ގޮތުގައި ފާރަވެރިކަމުގެ ދަށުގައިވާ ތަކެތި ކަމަށެވެ.
ނަމަވެސް އޭނާގެ ވާހަކައިގައި ސީދާ ކޮން އިންވެސްޓްމަންޓްތަކަކަށް ކަމެއް ސާފުކޮށްދެއްވާފައެއް ނުވެއެވެ.
މި އިންޒާރު އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދިމާލަށް އެމެރިކާގެ އަސްކަރީ މަނަވަރުތަކެއް ދަތުރުކުރަމުންދާ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕް ވިދާޅުވީ އެ އަސްކަރީ ބާރުތަކުގެ ބޭނުންކުރަން ނުޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަލުން ފެށުމާ ދެކޮޅަށް ވެސް ޓްރަމްޕް ވަނީ ވަރުގަދަ އިންޒާރުތަކެއް ތެހެރާނަށް ދެއްވާފައެވެ.
މީގެ އިތުރުން، އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި 800 މީހެއްގެ މަރުގެ އަދަބު ދިނުން އީރާނުން ހުއްޓާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަ އީރާނުގެ ޕްރޮސިކިއުޓާ ޖެނެރަލް މުހައްމަދު މުވައްހިދީ ވަނީ ދޮގުކުރައްވާފައެވެ. މުވައްހިދީ ވިދާޅުވި ގޮތުގައި އެފަދަ އަދަދެއްގެ ބަޔަކު ނެތް ކަމަށާއި، އަދި އަދުލު އިންސާފުގެ ދާއިރާއިން އެފަދަ ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ.
މި މައުލޫއާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވެސް ވަނީ މުޒާހަރާތަކާ ގުޅިގެން އެއްވެސް މީހަކު ދަންޖެއްސުމުގެ ރޭވުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. މި ހުރިހާ ކުރިމަތިލުންތަކަކާއެކު، ދެ ގައުމުގެ މެދުގައި އޮތް ބަހުގެ ހަމަލާތަކާއި އަސްކަރީ ނުތަނަވަސްކަން މިވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު