އެޕިސޯޑް 17
...............
[ކިތަންމެ ލޯބިން ބަލައިލިޔަސް ހެވެއް ނެތްދޯ؟ ގައިމުވެސް އަހަރެން ނޫން މީހަކު މިހާ ލޯބިން މުޢާޒަކަށް ނުބަލާނެ. އެހެން ނޫނަސް، ވެދާނެއެއްނު...އަހަންނަކީވެސް މުޢާޒު ތިބުނި ކަހަލަ ޖިންނިއަކަށްވެސް....] ސުދާ ނިކަން ބާރަށް ހީގަތެވެ. އެ ހުނުމުގެ މާނަ ކިތަންމެ ތަފާތަސް، މުޢާޒަކަށް އެކައްޗެއްވެސް ނޭނގެއެވެ.
އޭނާ ޔަޤީންކުރެއެވެ. ސުދާއަކީ އޭނާއަށް ހެޔޮއެދޭ، އޭނާދެކެ ލޯބިވާ އަންހެން ކުއްޖެކެވެ. ސުދާ އެއްވެސް ކަމެއްގައި އޭނާއަކަށް އޮޅުވައެއްނުލާނެއެވެ. މިހުރިހާ ދުވަސް ވަންދެން ސުދާ ކައިވެންޏެއް ނުކޮށް ހުރުމުގެ އަޞްލަކީ އޭނާދެކެ ސުދާވާ ލޯތްބެވެ. ލޯބިވަނީ ސުދާ އެކަންޏެއް ނޫނެވެ. ސުދާދެކެ އޭނާވެސް އިންތިހާއަށް ލޯބިވިއެވެ. މިހާރުވެސް ވޭމެއެވެ.
ސުދާއާއި އޭނާއާ ދެމެދުވާ ލޯބީގައި ކައިވެނީގެ ކުލަ ޖައްސަން އޭނާ ކިތަންމެހާވެސް ބޭނުމެވެ.
[އަހަރެން ކަހަލަ، ކުދިން ލިބުމުގެ އުފަލުން މަޙްރޫމްވެފައިވާ މީހަކާ ސުދާ އިނދެފާނެހޭ ހިތަށްއަރާ. އެކަމަކު ސުދާ އަހަންނާ ދޭތެރޭ ވިސްނާ ކަމަށް އަހަރެން ޤަބޫލުކުރަން.] މުޢާޒު ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ޢުބޭދާއެވެ. އެދެމީހުން ތިބީ އާ ހާބަރު ކަޑައެއްގައެވެ. ދެމީހުން މަޝްވަރާ ކުރަމުން ދިޔައީ، އެކަކު އަނެކަކުގެ ދިރިއުޅުމާ ބެހޭގޮތުންނެވެ.
[ކުދިން ނުލިބުމުގެ މައްސަލަ އޮޕަރޭޝަނަކުން ޙައްލުވާނެ ކަމަށް ޑޮކްޓަރުން ބުނެއެއްނު....ތިޔައީ މުޢާޒު ހާސްވާވަރުގެ ކަމެއް ނޫނެއްނު. އެހެން ނޫނަސް، ސުދާ މުޢާޒުދެކެ ނުލާހިކު ލޯބިވޭ...ކީއްވެ ނުވާންވީ؟] ޢުބޭދު ބުންޏެވެ.
[އާނ...ސުދާ އަހަރެންދެކެ ލޯބިވާކަން ތިޔައީ އަބަދުވެސް އެނގޭ ކަމެއް. ސުދާގެ ބައްޕަ ގާތު ބުނެގެން ކައިވެނީގެ ކަންތައް އަވަހަށް ހަމަޖައްސަންވީކަންނޭނގެދޯ.] ޢުބޭދަށް ދޯ އެއްލުމަށްފަހު މުޢާޒު ބުންޏެވެ.
[އާނ......މިހާރު މީހަކާ ނީނދެ ހުހަށް އުޅެން މުޢާޒަށް ވަރަށް އުނދަގޫވެސްވާނެ.] ދިމާކުރާފަދަ ގޮތަކަށް ޢުބޭދު ބުންޏެވެ.
[މިހާރު ކުރިން ކުރާގޮތަށް ޝަކުވާއެއް ނުކުރޭ. ވެދާނެ ޝަކުވާއަކީ ވިހައެއްކަން ނަޒްމާއަށް ވިސްނުނީ ކަމަށްވެސް.] ޢުބޭދު ބުންޏެވެ.
[ވިހަވުމުގެ ކުރިން ވިސްނުނުކަން ރަނގަޅެއްނު.] މުޢާޒު ޖީބުން ފަންސާސް ރުފިޔާގެ ނޫޓެއް ނަގާފައި މޭޒުމަތީގައި ހުރި ތަބަކުގެ ތެރެއަށްލިއެވެ. އިރުކޮޅަކުން ވެއިޓަރު އައިސް ތަބަކާއެކު ފަންސާސް ރުފިޔާ ހިފައިގެން ކޮށިގަނޑާ ދިމާއަށް ހިނގައިގަތެވެ.
[މިއީ ސައިބޯން އަންނަވަރުގެ ތަނެއް ނޫން. އަގުތައް ބޮޑުވެފައި، އަޑު އެހާގަދަވާނެ. އަޞްލު ހަމަހިމޭން ކަމަށް ލޯބިކުރާ ބަޔަކު ވަރަށް މިހިސާބަށް ނާރާނެ.] ވެއިޓަރު ތަބައް ހިފައިގެން ހިނގައިގަތުމުން ޢުބޭދު ބުންޏެވެ. އެއީ ޢުބޭދު އަބަދުވެސް ބުނާ ވާހަކައެކެވެ. ހާބަރު ކަޑަތަކަށް ސައިބޯން ކާން އައުން އެއީ އޭނާ ވަރަށް ނުރުހޭ ކަމެކެވެ. މީހަކު ސައިދެންޏާ އޭނާ އަބަދުވެސް ވިސްނާނީ އެމީހާ (ދޭމީހާގެ) ޖީބަށް ލުއިވާނެ ގޮތެކެވެ. ދޭމީހާ ދިނަސް، ކާމީހާ ކާންވާނީ ބަލައިގެނޭ ބުނާ ބީދައިންނެވެ.
[ސައިބޯލަން އަންނަން އަހަންނަށް ވަރަށް ހިތްގައިމު މާޙައުލެއް މިއީ....] ތެދުވެގެން ކޮށިގަނޑާ ދިމާއަށް ހިނގައިގަންނަމުން މުޢާޒު ބުނެލިއެވެ.
އެދުވަހު ގެޔަށް ގޮސް މުޢާޒު ކައިވެނީގެ ވާހަކަ ދެއްކިއެވެ.
[އަހަރެން ބޭނުން ވަރަށް އަވަހަށް ސުދާއާ މެރީކުރަން.] މުޢާޒު ކައިވެންޏާ ބެހޭގޮތުން ފުރަތަމަ މަޝްވަރާކުރީ ސީދާ ސުދާއާއެވެ.
[އަހަންނާ އިނދެގެން މުޢާޒަށް އުޅެވިދާނެތަ؟ މުޢާޒަކަށް އަދި ނޭނގޭނެ އަހަންނެއް. އަހަންނަކީ ވަރަށް ތަފާތު އަންހެނެއް....] މުޢާޒު ދިން އުފާވެރި ޚަބަރުގެ ސަބަބުން އިންތިހާއަށް އުފާވެރިކަން ޙިއްޞާ ކުރަމުން ސުދާ ބުންޏެވެ.
[ސުދާ ތިބުނީ އަހަންނަށް އެނގޭ ޙަޤީޤަތެއް....ސުދާ ތީ އެހެން މީހުނަށް ވުރެން އޯގާތެރި، އަހަރެންދެކެ ލޯބިވާ އަންހެނެއް ކަމަށް އަހަރެން ޤަބޫލު ކުރަން...ސުދާއަށް ކިތަންމެ ރަނގަޅަށްވެސް އެނގޭނެ، އަހަރެންވެސް ސުދާދެކެ ލޯބިވިކަން....އަދިވެސް އަހަރެން ސުދާދެކެ ލޯބިވަމޭ.....] މުޢާޒު ސުދާގެ އަތުގައި ހިފަހައްޓާލިއެވެ. އެހިނދު ސުދާއާއި މުޢާޒުގެ ލޮލާ ލޯ ސީދާވިއެވެ. ސުދާ ލަދުވެތި ހިނިތުންވުމަކާއެކު އިސްއޮބާލިއެވެ.
މުޢާޒު ސުދާގެ އަތުގައި ހިފައި އޭނާއާ ގާތަށް ދަމާލިއެވެ. ސުދާހުރީ އެކަމަށް ވިސްނައިގެން ނޫންކަމުން، އެ ބާރުމިނުގައި އޭނާއަށް ލައްވެގަނެވުނީ މުޢާޒުގެ މޭގައެވެ. ހަމައެއާއެކު، ދުވި ހިތްގައިމު މީރު ވަހެއްގެ ސަބަބުން ސުދާއަށް ނޯއް ދަމާލެވުމާއެކު، މުޢާޒުގެ މޭގެތެރެއަށް ރަނގަޅަށް ބޮނޑިވެލެވިއްޖެއެވެ. މުޢާޒު އެދެހަށިގަނޑު އެކައްޗަކަށް ހަދަން އުޅޭފަދަ ގޮތަކަށް ސުދާ ގައިގައި ބައްދައިގަތެވެ. އެވަގުތު މުޢާޒުގެ ހަށިގަނޑުން ދުވަމުންދިޔަ [ކަސަރަން] ސެންޓްގެ މީރުވަހުން ސުދާ މަސްތުވަމުން ދަނީއެވެ. އެހިނދު ސުދާގެ ހިތް އެދެމުން ދިޔައީ އެ ހަށިގަނޑުގެ ޙިމާޔަތުގައި އަބަދުވެސް އޮތުމަށެވެ. އެވަހުން ހިތް އުފާ ކުރުމަށެވެ. އެހަށިގަނޑުން އަރާމާއި ހިތްހަމަޖެހުން ހޯދުމަށެވެ.
އޭގެ ދެދުވަސް ފަހުން ސުދާގެ ބައްޕަގެ ރުހުންވެސް ލިބިގެން ސުދާއާއި މުޢާޒުގެ ކައިވެނި ކުރެވިއްޖެއެވެ. އެ ކައިވެނީގެ އުފާ މުޢާޒާއި ސުދާ ޙިއްޞާ ކުރަމުން ދިޔައިރު، އެ ކައިވެނީގެ ސަބަބުން އެއްބަޔަކު ހިތާމައާއި ހިތްދަތިކަންވެސް ބަރުދާސް ކުރަމުން ދިޔައެވެ.
ފިރާޝާ އަދިވެސް ރޮނީއެވެ. މުޢާޒާއި ސުދާގެ ކައިވެނީގެ ޚަބަރު ލިބިގެންނެވެ.
[ދަރިފުޅާ...ތިޔަގޮތަށް ރުއިމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް....ހުއްޓާލާ...އަމުދުން މާބަނޑު ދުވަސްވަރު ތިގޮތަށް ރޮއި ހިތާމަކުރާކަށް ނުވާނެ.] ޢާރިފާ ފިރާޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ފިރާޝާއަށް ކުރިއަށްވުރެންވެސް ބާރަށް ރޮއިގަނެވިއްޖެއެވެ.
[މަންމާ...އަހަންނަށް ދެންއޮތީ ކޮން އުފަލެއް....އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލެވުނީ އަހަރެން އަމިއްލައަށް....] ފިރާޝާގެ އަޑު ބެދުނެވެ.
މުޢާޒާއި ސުދާގެ ކައިވެނީގެ ސަބަބުން ފިރާޝާ ފިޔަވައި އެންމެބޮޑު ހިތްދަތިކަމެއް ޙިއްޞާކުރާ މީހަކީ މުޢާޒުގެ ކޮއްކޮ އަސްޢަދެވެ.
ގައިމެވެ. އޭނާއަށް ކިރިޔާވެސް އިޝާރާތެއް ކުރެވޭނަމަ، އެ ކައިވެންޏަށް އޭނާ ހުރަސްއެޅީހެވެ. ސުދާއަކީ އިންސާނެއް ނޫންކަން ސާބިތުވެސް ކޮށްދޭނެއެވެ.
ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެންވެސް މުޢާޒު ބޭނުންވީ އޭނާއަށް ބައްޕާއޭ ކިޔާ ގޮވާލާނެ ދަރިޔަކު ހޯދުމަށެވެ. އޭނާ އެރޭވެސް ސުދާ ގާތު އެވާހަކަ ދެއްކިއެވެ.
[މުޢާޒު އޮޕަރޭޝަންވެސް ކުރަން ޖެހޭނެއެއްނު.] ސުދާ ހަނދާންކޮށްލަދިނެވެ.
[އަސްޢަދުވެސް ގޮވައިގެން ބޭރަށް ދާންވީކަންނޭނގެ.....] މުޢާޒު ވިސްނާލިއެވެ. ސުދާ ސިހުނެވެ.
[އަސްޢަދު ކީއްކުރަންތަ ގެންދަނީ؟] ސުދާގެ ހިތް އަވަސްވާން ފަށައިފިއެވެ.
[ޑޮކްޓަރު އޮތީ ބުނެފައޭ...އަސްޢަދަށް ވާހަކަ ދެއްކިދާނެ ކަމަށް....] މުޢާޒު ބުންޏެވެ.
[އެހެންތަ؟ ހިތަށްއަރާ އަސްޢަދުވެސް ކީއްވެބާއޭ އަމިއްލައަށް އެފަދަ އަނިޔާތަކެއް ލިބިގަތީ....] ސުދާގެ މޫނުމަތީގެ ކުލަވަރުވެސް ބަދަލުވިއެވެ.
[އަންހެން ކުއްޖަކާހެދި އެވަރުވާކަށް ނުވާނެ. ދެރަކަމަކީ އެ އަންހެން ކުއްޖަކީ ކާކުކަންވެސް އަހަރެމެނަށް ނޭނގުނުކަން.] ސުދާގެ ކޮނޑަށް އަތް ވައްޓާލަމުން މުޢާޒު ބުންޏެވެ. ސުދާ އިތުރަށް މުޢާޒާ ގާތްވެލިއެވެ. އެވަގުތު އެދެމީހުން ތިބީ ކޮޓަރި ދޮރުމަތީ ބޭރުގައި ކަމުން، ބޮޑުކޮޓަރީގައި (ފުރޮޅުލީ ގޮނޑީގައި) އިން އަސްޢަދަށް އެމީހުންގެ ޙަރަކާތްތައް ފެނުނެވެ. ސުދާގެ އެ ޙަރަކާތުން އަސްޢަދުގެ ހިތްދަތިކަން އިތުރުވަމުން ދިޔައެވެ. ދެލޮލަށް ގިނަވަމުންދިޔަ ކަރުނަތައް، އެއްވެސް ހިފެހެއްޓުމެއްނެތި ފައިބަ ފައިބާ ހުއްޓެވެ.
މުޢާޒަށް ގޮނޑީގައި އިން އަސްޢަދު ފެނުނީ އެތާ ދޮރުމަތީގައި ތިބޭތާ އިރުކޮޅެއްވީ ފަހުންނެވެ. އޭނާ އަވަސް އަވަހަށް ސުދާއާ ދުރަށް ޖެހިލުމަށްފަހު، އަސްޢަދާ ދިމާއަށް ހިނގައިގެންފިއެވެ. ފަހަތުން ސުދާވެސް އައެވެ.
[އަސްޢަދު...ނުރޮއޭ...ބޭބެ ނިންމައިފިން، ކޮއްކޮ ގޮވައިގެން ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ދާން. އިރާދަކުރެއްވިއްޔާ، ދެން މާގިނަ ދުވަހެއްނުވެ ކޮއްކޮއަށް ވާހަކަ ދެއްކިދާނެ.] އަސްޢަދާ އަރާހަމަކޮށް، މުޢާޒު ވާހަކަ ދެއްކިއެވެ. މުޢާޒު އަސްޢަދުގެ ލޯ ފޮހެދޭން ފެށިއެވެ. ސުދާ އައިސް ހުއްޓުނީ މުޢާޒުގެ ފަހަތަށެވެ. އެހިނދު ސުދާގެ ތުންފަތުގައި ކުޅެމުން ދިޔައީ ހިތި ހިނިތުންވުންތަކެކެވެ.
[ކޮއްކޯ...ހިތްވަރުކޮށްފައި ވާހަކަ ދެއްކޭތޯ މަސައްކަތްކޮށްބަލަ.] އަސްޢަދު ކޮންމެވެސް ވާހަކައެއް ދައްކަން އުޅުނުހެން ހީވެގެން މުޢާޒު ބުންޏެވެ. އެވަގުތު އަސްޢަދުގެ ތުންފަތް ތެޅިލިއެވެ. ތުރުތުރުއަޅާފަދަ ގޮތަކަށެވެ. އަޑެއް ނުކުންނަން އުޅޭހެންވެސް ހީވިއެވެ. އަސްޢަދުގެ މި ޙަރަކާތްތަކުން ސުދާގެ ލޯ ބޮޑުވަމުން ދިޔައެވެ. އޭނާއަށް އިޙްސާސް ކުރެވެމުން ދިޔައީ، އަސްޢަދު އޭނާއަށް ބިރުވެރި އިންޒާރެއް ދެމުންދާ ކަމަށެވެ.
[އަޑު ނުކުމޭތޯ މަސައްކަތްކުރޭ....ކޮއްކޯ ބުނަން އުޅޭ ވާހަކައެއް ބުނެވޭތޯ ބާރުލާ.....] މުޢާޒު ކުޑަކަކޫ ޖަހައިގެން ތިރިވެ، ކޮއްކޮގެ ޙަރަކާތް ގެއްލިފައިވާ ދެއަތުގައި ހިފާލިއެވެ. އޭރު ސުދާގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ. އަސްޢަދަށް ވާހަކަ ދެއްކިއްޖެއްޔާ، ކަންތައްވާނެގޮތް އޭނާއަށް ވިސްނެއެވެ. ކުޑަދުވަސްކޮޅަކަށްފަހު، ހުރިހާ އުފާތަކެއް އަސްޢަދު އޭނާގެ ކިބައިން ފޭރިގެންފާނެއެވެ. އޭނާގެ ހިތަށްއެރިއެވެ. ހަމަހިލާ އެހެން ވިޔަކަ ނުދޭނަމެވެ. އަހަރެން ހުޝިޔާރުވާނަމެވެ. މިފަދަ ޚިޔާލެއްގައި ހުއްޓާ، އޭނާ ސިހުނީ މުޢާޒުގެ އަޑުންނެވެ.
[ސުދާ ދޭބަލަ ފެންތަށްޓެއް ހިފައިގެން އަންނަން.] މުޢާޒު އެދުނެވެ. އަސްޢަދާ ދިމާއަށް ބަލައިލަމުން ސުދާ ހިނގައިގެންފިއެވެ. އޭރުވެސް އަސްޢަދު މަސައްކަތް ކުރަމުން ދަނީ ބޭބެ ގާތު ވާހަކައެއް ބުނެވޭތޯއެވެ.
[މަސައްކަތްކުރޭ...ކޮއްކޮއަށް ވާހަކަ ދެއްކޭނެ. ބޭބެ ގާތު ކޮންމެވެސް ވާހަކައެއް ބުނާކަށްނު ތިއުޅެނީ....ހިތްވަރުލާފައި ވާހަކަ ދައްކަބަލަ.] މުޢާޒު އަސްޢަދުގެ ބޮލުގައި އަތް ކާއްތާލަމުން ބުންޏެވެ. މުޢާޒު މިހެން ބުނުމުން، އަސްޢަދުގެ ލޮލުން ކަރުނަ އޮހެން ފެށީ ކުރިއަށްވުރެން މާގިނައިންނެވެ. ވާހަކަ ދައްކަން އުޅެއުޅެ ވާހަކަ ނުދެއްކުމުން، އޭނާއަށް ކުރިއަށްވުރެން ބޮޑަށް އަސަރުކުރިއެވެ. އިސާހިތު މުޢާޒުގެ ދެލޮލުންވެސް ކަރުނަހިލުނެވެ. ކޮއްކޮގެ ކުރިމަތީގައި ދެރަވެ ހިތާމަނުކޮށްވޭތޯ އޭނާ އަބަދުވެސް މަސައްކަތް ކުރޭމެއެވެ. ނަމަވެސް މިފަހަރު އޭނާގެވެސް ކެތްތެރިކަން ކޮޅުންލިއެވެ. އޭނާއަށް ކޮއްކޮގެ ޙާލަތާމެދު ކުރިން ނުވިސްނާ ވަރަށް ވިސްނުނީއެވެ.
[ކޮއްކޮގެ ޙާލާމެދު....ބޭބެމެން ހާދަވަރަކަށް ވިސްނަމޭ....ކީއްވެތަ؟ ކޮއްކޮ އަމިއްލައަށް ތިފަދަ ބޮޑު އަނިޔާއެއް ލިބިގަތީ.....] މުޢާޒަށް ރަނގަޅަށް ރޮވިއްޖެއެވެ. އަސްޢަދަށް ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލެވެން އުޅުނެވެ. ސުދާ ފެން ހިފައިގެން އައިސް ހުއްޓުނީ އެވަގުތުއެވެ. ސުދާ މުޢާޒުގެ އަތަށް ފެންތަށި ދިނުމުގެ ބަދަލުގައި އަސްޢަދުގެ ތުނބުގައި ފެންތަށި ޖެއްސިއެވެ. ނޯއް ދަމާލެވުމާއެކު، އަސްޢަދުގެ ތުން ފިއްތާލިއެވެ. އެވަގުތު މުޢާޒަށްވެސް ނޯއް ދަމާލެވުނެވެ. ދުވި ސާފުތެޔޮވަހުންނެވެ.
[ސުދާ ތީ ފެންތަ؟ ހާދަ ސާފުތެޔޮވަސް ގަދައޭ....ތި ތަށީގެ ވަސް ބަލައިލަބަލަ.] މުޢާޒު ފެންތަށި އަތުލިއެވެ. ތެދެކެވެ. އެތަށީގައި ހުރީ ފެނެއް ނޫނެވެ. ސާފު ތެލެވެ.
[ސުދާ!؟ ފެނޭ ކިޔާފައި ސާފުތެލެއްނު ތި ގެނައީ....އަސްޢަދު ނުބުއިކަން ނަޞީބެއްނު.] އައި ރުޅީގައި މުޢާޒު ތަށި ބަންޑުންކޮށްލިއެވެ.
[އަޅޭ މޭޒުމަތީގައި ހުރި ސާފުތެޔޮފުޅިން ސާފުތެޔޮދޯ އަޅައިގެން މި އާދެވުނީ....އެހެންނުވާނީ ރޯގާޖެހިފައި ހުރީމަ ވަހެއްވެސް ދުވަނީކީ ނޫންވިއްޔަ....] މާޔޫސީ ނަޒަރަކުން ފިރިމީހާއާ ދިމާއަށް ބަލައިލަމުން ސުދާ ބުންޏެވެ.
[މި ހިފައިގެން ގޮސް އަވަހަށް ރަނގަޅު ފެންތަށްޓެއް ގެނެސްދީ.....] މުޢާޒު ސާފުތެޔޮތަށި ސުދާއާ ދިމާއަށް ދިއްކުރިއެވެ. ސުދާ މާޔޫސީ އަސަރު މޫނުމައްޗަށް ވެރިކުރުވައިގެން ބަދިގެޔާ ދިމާއަށް ހިނގައިގެންފިއެވެ. އޭރުވެސް އަސްޢަދުގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަ ފައިބާ ހުއްޓެވެ. ޙަފީޒާގެ އަތުގައި ހިފައިގެން ޒަކީ އެތަނަށް އައިސް ހުއްޓުނީ އެވަގުތުއެވެ.
[ދަރިފުޅާ....ހާދަ ސާފުތެޔޮ ވަސް ގަދައޭ.....ތެޔޮފޮޅި މިތަނަށް ބަންޑުންވީތަ؟] މުޢާޒުމެނާ އަރާހަމަކޮށް ޒަކީ ވާހަކަ ދެއްކިއެވެ. މުޢާޒަށް ޖަވާބު ދެވުމުގެ ކުރިން ސުދާ ފެން ހިފައިގެން އައިސް ހުއްޓުނެވެ.
[އާނ....ތެޔޮފުޅި ބަންޑުންވީ.] ބައްޕައަށް ޖަވާބުދިނީ ސުދާއެވެ. އިތުރަކަށް ޒަކީ އެ މައުޟޫޢަކަށް ވާހަކައެއް ނުދައްކައެވެ. އަސްޢަދުގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލުމަށްފަހު، ޒަކީ ސޯފާގައި އިށީނެވެ. މުޢާޒު ސުދާ ގެނެސްދިން ފެންތަށި އަސްޢަދަށް ބޯންދޭން ފެށިއެވެ.
ބަނޑަށް ތަދުވާތީ ފިރާޝާ ހޮސްޕިޓަލަށް ގެންދެވުނީ އެދުވަހުއެވެ. ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން މުޢާޒަށް ގުޅަން ފިރާޝާގެ މަންމަ ނިކަން މަސައްކަތް ކުރިއެވެ.
އޭނާއަށް ނުގުޅުނީ ފިރާޝާ އެކަމަށް އިންކާރު ކުރިވަރުންނެވެ. ފިރާޝާ ތަކުރާރުކޮށް އޭނާގެ މަންމައާއި ބައްޕަ ގާތު ބުނަމުން އައީ އޭނާގެ ޙާލަތު އަންގަންޖެހޭ މުޢާޒެއް ނުހުންނާނެ ކަމަށާއި، އެހެން ނަމަވެސް، މުޢާޒު ކުށްވެރި ނުކުރުމަށެވެ.
އެދުވަހު ހޮސްޕިޓަލަށް ގެންދެވުމާއެކު، ޑޮކްޓަރު އިރުޝާދު ދިނީ ވިހާ ދުވަސްވެސް ކައިރިވެފައި ވުމާއެކު، ހޮސްޕިޓަލްގައި އެނދުމަތި ކުރުމަށެވެ.
[ދަރިފުޅާ...ކީއްވެތަ...ދަރިފުޅު މުޢާޒަށް ގުޅިޔަނުދޭން ތިޔައުޅެނީ...ބަލަ ދަރިފުޅުގެ ބަނޑުގައި ތިއޮތީ މުޢާޒުގެ ދަރިއެކޭ...ދަރިފުޅުގެ ތިޚިޔާލު މަންމައަކަށް އެއްގޮތަކަށްވެސް ކަމަކުނުދޭ.] ފިރާޝާގެ މަންމަ ޢާރިފާ އުޅުނީ ފިރާޝާއަށް ވިސްނައިދެވޭތޯއެވެ.
[މަންމާ....އާދޭސް ކުރަން...މަންމާ...މުޢާޒަށް ނުގުޅާތި....] ފިރާޝާއަށް އަޑުވީއްލާ ރޮވިއްޖެއެވެ.
[ނުރޮއި ހުއްޓާލާ...ދަރިފުޅާ...އަމިއްލައަށް އަނިޔާ ލިބިގަންނަން ހިތްވަރު ހުރިއިރު، އެ އަނިޔާގެ ވޭނަށްވެސް ކެތްކުރެވެންވާނެ.] ޒަކީ ވާހަކަ ދެއްކީ އަސްޢަދާއެވެ. ކޮންމެ ފަހަރަކުވެސް އަސްޢަދަށް ރޮވެނީ ވާހަކައެއް ބުނަން ބޭނުންވާ ވަގުތުތަކުގައެވެ. މިހާރު އޭނާ ދޫ ޙަރަކާތް ކުރެވޭތޯ ފިސާރި މަސައްކަތް ކުރޭވެސްމެއެވެ. ނަމަވެސް، އަޑު ބޭރުނުވަނީއެވެ. އޭނާ އަތް ޙަރަކާތް ކުރެވޭތޯވެސް މަސައްކަތް ކުރެއެވެ. ނަމަވެސް، މީހެއްގެ އެހީއާނުލައި އޭނާއަށް އެއްކަމެއްވެސް ނުކުރެވެއެވެ.
ނަމަވެސް، ފަހަކަށްއައިސް އޭނާއަށް ވާހަކަ ދެއްކިދާނެހެން ހީވާފަހަރުވެސް އާދެއެވެ. އެކަމާ އެގޭ އެންމެން އުފާކުރާއިރުވެސް ސުދާ ހުންނާނީ ހިތް އަވަސްވެފައެވެ. އަސްޢަދަށް ވާހަކަ ދެއްކިއްޖެއްޔާ ކަންތައްވާނެގޮތް އަބަދުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ކަހަލައެވެ.
[އަހަރެން އެދުވަސް އަޔަކަ ނުދޭނަން...ކާމިޔާބު ލިބޭނީ އަހަންނަށް....އަހަރެން އޭނާގެ ކިބައިން އަހަރެންގެ އުފާތައް ސަލާމަތް ކުރާނަން....] ސުދާއަށް ހިތާހިތާ ކިޔާލެވުނެވެ. މިއީ އަބަދުވެސް އޭނާގެ ސިކުނޑީގައި ރާވަމުންދާ ޚިޔާލެކެވެ. އޭނާއަށް ދާއިމީ އުފާވެރި މަންޒިލަކަށް ވާސިލްވެވެން އަންނަނީ އަސްޢަދުގެ ކިބައިން ސަލާމަތްވެގެންކަން އަބަދުވެސް އޭނާ ހަނދާންކުރެއެވެ. މިހާރު ތަފާތު އެތައް ފަހަރެއްގައި އަސްޢަދުގެ ކިބައިން ސަލާމަތްވުމަށް އޭނާ މަސައްކަތް ކޮށްފިއެވެ.
ޖެހިގެން އައި ރޭވެސް އޭނާ އެކަމަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އެރޭވެސް އަސްޢަދުގެ ބައްޕައާއި މަންމަގެ ސަބަބުން އޭނާއަށް ފުރްޞަތު ގެއްލުނެވެ.
ފިރާޝާ ވިހާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ދުވަސް ފަހަނަޅައިދިޔަތާވެސް މިހާރު ދެތިން ދުވަސް ވެއްޖެއެވެ. އަދިވެސް ފިރާޝާއެއް ނުވިހައެވެ. ނަމަވެސް، ޑޮކްޓަރު އޫޝާއަށް އެކަމަށް ވިސްނާލެވުނީ ފިރާޝާގެ ބައްޕަ އެ އިޝާރާތް ޑޮކްޓަރަށް ކުރީމައެވެ. ޓެސްޓްތަކެއް ހެދުމަށްފަހު، ޑޮކްޓަރު ޤަޞްދުކުރީ ފިރާޝާ އޮޕަރޭޝަން ކުރުމަށެވެ.
[ވަރަށް ސީރިޔަސް....އޮޕަރޭޝަން ކުރިޔަސް، ދަރިފުޅު ސަލާމަތްވުމާ ދޭތެރޭ ޝައްކު....] ޑޮކްޓަރު އޫޝާ ވާހަކަ ދެއްކީ މާޔޫސީ ރާގަކަށެވެ. އޭނާ ވާހަކަ ދެއްކި ގޮތުން، އަމިއްލަ ކުށް އިޙްސާސް ވެފައިވާކަން ދޭހަވެއެވެ. އޭރު ފިރާޝާ އޮޕަރޭޝަން ތިއޭޓަރަށް ވައްދައިފިއެވެ. އިރުކޮޅެއްފަހުން ޑޮކްޓަރުވެސް ގޮސް އޮޕަރޭޝަން ތިއޭޓަރަށް (ފަޅާ ކޮޓަރިއަށް) ވަނެވެ.
އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ފިރާޝާ އޮޕަރޭޝަން ކުރެވުނެވެ. ޑޮކްޓަރު އޫޝާ ކުރިންވެސް ބުނި ފަދައިން، ދަރިފުޅު ސަލާމަތެއް ނުވިއެވެ. ދަރިފުޅު މަރުވީ އޮޕަރޭޝަންކޮށް ނެގިތާ ގަޑިއެއްހާއިރު ފަހުންނެވެ. ފިރާޝާ ކިތަންމެ ނުރުހުނަސް، ދަރިފުޅު މަރުވުމުން ޢާރިފާ އެ ޚަބަރު ވަގުތުން މުޢާޒަށް ދިނެވެ. ހިތާދެކޮޅަށް ނަމަވެސް، މުޢާޒަށް މަޖުބޫރުވީ ހޮސްޕިޓަލަށް ދިޔުމަށެވެ.
[މުޢާޒު ކޮންތާކަށް؟] މުޢާޒު ހޮސްޕިޓަލަށް ދާން ހިނގައިގަތުމުން، ސުދާ މުޢާޒު ހުއްޓުވިއެވެ.
[ހޮސްޕިޓަލަށް....] މަޑުޖެހިލަމުން މުޢާޒު ބުންޏެވެ.
[ކީއްކުރަން؟...ފިރާޝާ ގާތަށް؟] ހިތްހަމަނުޖެހިފައިވާފަދަ ގޮތަކަށް ސުދާ އެއްސެވެ. މުޢާޒު ބޯޖަހާލިއެވެ.

ކިޔުންތެރިންގެ ހިޔާލު