އެމެރިކާއިން އީރާނަށް ދެމުންދާ އަސްކަރީ ޕްރެޝަރުތަކާ ގުޅިގެން، އީރާނުގެ ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ޚާއްޞަ ކުއްލި ނުރައްކަލުގެ ޕްލޭނެއް ތެހެރާނުން އިއުލާނުކޮށްފިއެވެ.
މި ޕްލޭނުގެ ދަށުން ތެހެރާނުގެ ކްރައިސިސް މެނޭޖްމަންޓް އޮތޯރިޓީން ވަނީ ވެރިރަށް ތެހެރާނުގެ މެޓްރޯ ސްޓޭޝަންތަކުގެ ތެރެއިން 82 ސްޓޭޝަނެއް ބޮން އަޅައިފި ހާލަތެއްގައި ބޭނުންކުރާނެ ވަރުގަދަ ހިޔާވަހިތަކެއްގެ ގޮތުގައި ކަނޑައަޅައި، އެ ތަންތަނަށް ބޭނުންވާ ޒަރޫރީ ސާމާނު ޖަމާކުރަން ފަށާފައެވެ.
މީގެ އިތުރުން، ވިޔަފާރި އަދި އިދާރީ މަރުކަޒުތަކުގައި ހުރި 300 އަށްވުރެ ގިނަ ޕާކިންގް ސަރަހައްދުތައް ވަގުތީ ހިޔާވަހިތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ތަންތަނަކީ ގާތްގަނޑަކަށް 2.5 މިލިއަން މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެވޭނެ ފަދަ ތަންތަން ކަމަށް އޮފިޝަލުން ބުނެއެވެ.
އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުގެ އިސްވެރިޔާ ވަނީ އެ ގައުމުގެ އަސްކަރީ ސިޔާސަތުގައި ނިއުކްލިއާ ހަތިޔާރަށް އެއްވެސް ޖާގައެއް ނެތްކަން އަލުން ތަކުރާރު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ އިސްތިގުލާލާއި މިނިވަންކަން ދިފާއުކުރުމަށްޓަކައި ނިއުކްލިއާ ހަތިޔާރަށް ބަރޯސާވާން ނުޖެހޭނެ ފަދަ ވަރުގަދަ އާދައިގެ އަސްކަރީ ގާބިލުކަން އެ ގައުމުގައި އެބަހުއްޓެވެ. މި ވާހަކަތައް އައިސްފައިވަނީ އެމެރިކާގެ ނިއުކްލިއާ ގާބިލުކަން ލިބިގެންވާ "ޝަމާމާ" މަރުކާގެ މަތިންދާބޯޓުތައް އިނގިރޭސިވިލާތުގައި ގާއިމުކުރުމާ ގުޅިގެންނެވެ.
އީރާނުން ދެކޭގޮތުގައި މިއީ އެމެރިކާއިން ހިންގާ ނަފްސާނީ ހަނގުރާމައެއްގެ ބައެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ބާރުގެ ބޭނުންކޮށްގެން ސުލްހަ ގާއިމުކުރުމުގެ" ސިޔާސަތެއް ގެންގުޅުއްވަމުން ގެންދަވާއިރު، އިސްރާއީލުގެ އޮފިޝަލުން ދަނީ އީރާނުގެ މުހިންމު އިންފްރާސްޓްރަކްޗާތަކަށް ހަމަލާދިނުމަށް ބާރުއަޅަމުންނެވެ.
އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި އީރާނުގެ އާންމު ރައްޔިތުންނަށް ހަދާފައިވާ ހިޔާވަހިތަކަކީ އަސްކަރީ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތައް ފޮރުވުމަށް ބޭނުންކުރާ ތަންތަނެވެ. މި ދަނޑިވަޅުގައި އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ ގުޅުން ވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެފައެވެ. އެގޮތުން އީލާތުގެ ބަނދަރުގައި އެމެރިކާގެ މަނަވަރުތައް ބޭއްވުމަކީ އީރާނުން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށާއި، އީރާނުގެ ހަރަކާތްތައް މޮނިޓަރ ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު