ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ ގެއްލިގެން ހޯދަމުން ދަނިކޮށް ކުނިތަކެއްގެ ތެރޭގައި ނިޔާވެފައި އޮށްވައި ފެނުނު ހާދިސާގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ތިލަފުށީގައި އެކްސްކެވޭޓަރެއް އޮޕަރޭޓްކުރާ ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އަމީން މިއާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓްކުރީ ދެ ދުވަސް ފަހުންނެވެ.
ފުލުހުން މިއަދު ބުނީ، މި ހާދިސާގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ކުނި ޖަމާކޮށްފައިވާ ސައިޓުގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި އޭނާ ވެއްޓިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، އަމީން މިއާ ވެއްޓުމުން، އެކްސްކެވޭޓަރުން ކުނިތައް އެހެން ދިމާލަކަށް ބަދަލު ކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި، އޭނާގެ ގައިމައްޗަށް ކުނިތައް އެޅިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
"ހާދިސާ ހިނގި ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވެއެވެ." ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ހަމައެއާއެކު މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި އުމުރުން 32 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށާއި، މި މައްސަލައިގެ ތަހުގީގަށް އިތުރު ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކުރަމުންދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެއިތުރުން މި މައްސަލައާ ގުޅޭ ޚަބަރުތައް ފެތުރުމުގައި، ރަސްމީ އިދާރާތަކުން ހާމަކުރާ ތަހުގީގީ ހޯދުންތަކަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ގޮތްގޮތަށް މައުލޫމާތު ނުފެތުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު