ދައުލަތުގެ ދަރަނީގެ މައްސަލައަކީ މިހާރު ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައަކީ މިހާރު ގައުމީ މައްސަލައެއް ކަމަށެވެ.
"ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރުގެ ބޮޑު އިންޓްރެސްޓުގައި ދަރަނި ނަގައި، އެފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމުގައި ވަނީނަމަ، މި ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ޖެހިފައިވާކަން ސާފު،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވފައިވާއިރު، 2018 އާއި 2019 ގައި ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކަށް ވާ ފައިސާ މި އަހަރު ރާއްޖެއިން އަނބުރާ ދައްކަން ޖެހެއެވެ. ސަރުކާރުން ވަނީ އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
އެހެންނަމަވެސް އެ ދަރަނި ދެއްކުމަށްޓަކައި ބޮޑު އިންޓްރެސްޓުގައި ލޯނެއް ނެގުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު