ގަވާއިދާ ހިލާފަށް އުޅުނު ލަންކާގެ މަސްބޯޓުތަކެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް-
ގަވާއިދާ ހިލާފަށް އުޅުނު ލަންކާގެ މަސްބޯޓުތަކެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް-
ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ބޯޓުތައް އަތުލައިގަނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެމްއެންޑީއެފުން ބުނީ ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ މެންފުރުފަހު 14:02 ހާއިރު ކަމަށެވެ. މި ބޯޓުތައް ފެނިފައި ވަނީ ހއ. ކެލާގެ އިރުން ގާތްގަނޑަކަށް 109 ނޯޓިކަލް މޭލު ބޭރުގައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ހަރަކާތްތެރިވަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ދެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވައްދައި، އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު