ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމަށް ބާރުއެޅުމުގެ ގޮތުން، ސަރުކާރުން ބޮޑެތި އިނާޔަތްތަކާއި ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތުހުމަތުކޮށްފިއެވެ. އެމްޑީޕީން މިކަން ހާމަކުރީ އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު، އަބްދުﷲ ވަހީދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބުގެ ޓައިމްލައިން މިހާތަނަށް އާންމުކޮށްފައި ނުވަނީ ސަރުކާރަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި ނަން ނެގުމުގެ މުއްދަތު ހަމަވާނެ ސީދާ ތާރީޚެއް ނޭނގޭތީ، އެ މުއްދަތުގެ ބޭނުން ހިފައިގެން ބައެއް ކެންޑިޑޭޓުންނަށް ސަރުކާރުން ތަފާތު ހުށަހެޅުންތައް ހުށަހަޅައި، ނަން އަނބުރާ ގެންދިޔުމަށް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ހާމަކުރަންޖެހޭ ބައެއް މަޢުލޫމާތުތައް ވެރިކަން ކުރާ ޕީއެންސީން ހާމަކުރަމުންދާ ކަމަށްވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އެހެންކަމުން، އިންތިޚާބުގެ ޓައިމްލައިން އަވަހަށް ހާމަކުރުމަށާއި، ރީ-ރެޖިސްޓްރޭޝަންގެ ކަންކަން ވީހާވެސް އަވަހަކަށް ފެށުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި 225 ދާއިރާއަކުން މެންބަރުން އިންތިޚާބުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު