އެމްޑީޕީގެ ކެންޕެއިން ތަރުޖަމާނު ވަހީދު (މ)
އެމްޑީޕީގެ ކެންޕެއިން ތަރުޖަމާނު ވަހީދު (މ)
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ތާވަލު ނުވަތަ ޓައިމްލައިން މިހާތަނަށް އާންމުކޮށްފައި ނުވާތީ، އެކަން އަވަސްކުރުމަށް އިދިކޮޅު އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު، އަބްދުﷲ ވަހީދު ވިދާޅުވީ ޓައިމްލައިން ހާމަނުކޮށް ލަސްކުރަނީ ސަރުކާރުން ބޭނުންވާ ބައެއް ސިޔާސީ މަސައްކަތްތަކަށް ޖާގަ ދިނުމުގެ ގޮތުންނެވެ.

​އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި، ވޯޓުލާ މީހުންގެ ރީ-ރެޖިސްޓްރޭޝަންގެ ކަންކަންވެސް ވީހާވެސް އަވަހަކަށް ފެށުމަށް އެމްޑީޕީން ވަނީ ބާރުއަޅާފައެވެ.

މި އިންތިޚާބުގައި 225 ދާއިރާއަކުން މެންބަރުން އިންތިޚާބުކުރާއިރު، ހުރިހާ މަރުހަލާއެއްވެސް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު