ޖިންސީ ގޯނާގެ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވި ނަމަވެސް، އޭރު އޭނާގެ މައްޗަށް އުފުލި ދައުވާތައް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ އޮފީހުން ނެރުނު ބަޔާނެއްގައި، ބުނެފައިވަނީ ޖެފްރީ އެޕްސްޓީންގެ ފަރާތުން ޖިންސީ ގޯނާއާއި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ސާބިތުކަމާއެކު ދެމިތިބުން މުހިންމުކަމަށެވެ. މިފަދަ ނުރައްކާތެރި ކުށްތަކަކީ މުޖުތަމައުގައި އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށާއި، އަނިޔާ ލިބުނު މީހުންގެ ކަރާމާތް ރައްކާތެރިކުރުމަކީ ލާޒިމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އީމެއިލްތަކާއި ބައްދަލުވުންތަކާ ގުޅޭގޮތުން އެ ބަޔާނުގައި ރައީސް ވަހީދު ވިދާޅުވީ އެޕްސްޓީންއާއެކު ބޭއްވުނު ހުރިހާ މުއާމަލާތްތަކަކީ ހަމައެކަނި ރަސްމީ މަސައްކަތްތަކާ ގުޅުންހުރި ބައްދަލުވުންތަކެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އަމިއްލަ ނުވަތަ އިޖުތިމާއީ ބައްދަލުވުންތަކެއް ނޫން ކަމަށާއި، އެމަނިކުފާނަށް ނުވަތަ އާއިލާގެ އެއްވެސް މެންބަރަކަށް އެއްވެސް ކުށްވެރި އަމަލެއް ހިނގަނިކޮށް ފެނިފައި ނުވާކަމުގެ ޔަގީންކަން ރައީސް ވަހީދު ދެއްވާފައިވެއެވެ.
ރާއްޖެއަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެޕްސްޓީން ތައާރަފްކުރެވުނީ މާލީ މުޝީރެއްގެ ގޮތުގައި ނަމަވެސް، އޭނާއަށް އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމަށާއި، ދިވެހި ސަރުކާރާއެކު އެއްވެސް މާލީ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށް ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭނާއާ ބައްދަލުކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ބެލިފައި ނުވާކަން ފާހަގަކޮށް، 2008 ވަނަ އަހަރު އޭނާގެ މައްޗަށް ސާބިތުވި ކުށްތަކުގެ މައުލޫމާތު އެ ދުވަސްވަރު އެނގިފައި ނުވާ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އޭނާގެ ކުށްވެރި މާޒީ އެނގުނު ނަމަ، އެއްވެސް މުއާމަލާތެއް ކުރިއަށް ނުގެންދާނެ ކަމުގެ ޔަގީންކަން ވެސް ވަހީދު ދެއްވިއެވެ.
އެ ބަޔާނުގައިވާ ގޮތުން، ވަހީދު އެޕްސްޓީންއާ ބައްދަލުކުރެއްވީ ނިއުޔޯކުގައި ހުންނަ އޭނާގެ ގޭގައި ދެ ފަހަރެއްގެ މަތިންނެވެ. އެއީ ސެޕްޓެމްބަރު 2012 ގައި ބޭއްވުނު ރަސްމީ ރޭގަނޑުގެ ކެއުމެއްގައާއި، މެއި 2014 ގައި ބޭއްވުނު ކުރު ބައްދަލުވުމެއްގައެވެ.
އެޕްސްޓީންއާ އެއްވެސް ގޮތަކުން ގުޅުމެއް އޮތުމަކީ އެމަނިކުފާނު ނުހަނު ހިތާމަކުރައްވާ ކަމެއް ކަމަށް ވިދާޅުވެ، އެއްވެސް ނުރަނގަޅު އަމަލެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން ފެތުރެމުންދާ ވާހަކަތަކުގެ ސަބަބުން މިހާރު ހުންނެވި މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ހުރަސްތަކެއް ހުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު