މި ސަރުކާރުން ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމަށް ބުނެ ވަމުންދާ ވަޢުދުތަކާ މެދު ސުވާލު އުފެދޭ ފަދަ ބޮޑު ނިންމުމެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެގޮތުން، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވ. ކެޔޮދޫ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވި އަބްދުއްރައޫފު އިބްރާހީމް، އަލުން ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމުމަކީ ޝަރުޢީ ދާއިރާއަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ކުރިންވެސް ފަނޑިޔާރުކަމުގައި ހުންނެވިއިރު، ސަރުކާރުން ދޫކުރި ފްލެޓެއް ބައްލަވައިގަތުމުގައި ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވި، މަގާމުން ވަކިކުރަން އުޅުމުން އިސްތިއުފާ ދެއްވި ބޭފުޅަކު، ސިޔާސީ ޕާޓީއެއްގެ ފިކުރުގައި ސީދާ މަސައްކަތް ކުރެއްވުމަށްފަހު އަލުން ކޯޓަށް ވެއްދުމަކީ އިންސާފުގެ ތިލަފަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
މި ނިންމުމަކީ މި ސަރުކާރުން މީގެ ކުރިންވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް ފަނޑިޔާރުކަމަށް އައްޔަންކުރަން ކުރި މަސައްކަތްތަކުގެ ތެރެއިން ފެނިގެންދިޔަ އިތުރު ބޮޅެކެވެ.
މީގެ ކުރިން ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ފަނޑިޔާރުކަމަށް އައްޔަންކުރަން އުޅުމުން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އަނެއްކާވެސް ސިޔާސީ ކެންޑިޑޭޓަކު ހައިކޯޓުގެ ބެންޗަށް ވެއްދުމަކީ ޝަރުޢީ ނިޒާމުގެ އިތުބާރު ގެއްލި، ކޯޓުތަކަކީ ސަރުކާރުގެ ސިޔާސީ އެކްޓިވިސްޓުންނަށް ހަދިޔާކުރާ "ރިޓަޔަރމަންޓް ހޯމް" ތަކަކަށް ވެދާނެކަމުގެ ބިރު އޮތް ކަމެކެވެ.
މިއީ "މިނިވަން ޖުޑީޝަރީ" އެއްގެ ނަމުގައި ރައްޔިތުންނަށް ދައްކަމުންދާ ދަޅައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު