ފައިސާގެ ކަަންކަމުގައި އޮޅުވާލާ ކަމުގެ ތުހުމަތު ކުރެވުމުން މަޝްހޫރު ބޭންޑު "2 އޮފް އަސް" އާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ހަދާފައިވާ އެމްބެސެޑާޝިޕް ޕްރޮގްރާމް ސަސްޕެންޑު ކޮށްފިއެވެ.
2 އޮފް އަސް" ބޭންޑް ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވަނީ އިންޑިއާގައި ބޭއްވި ސަރަހައްދީ ފެންވަރުގެ ރިއަލިޓީ ޝޯ، "ބެޓަލްސް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި އެ ބޭންޑު ބައިވެރިވެ ހޯދި ކާމިޔާބީއާއެކު އެވެ. އެ ޝޯގައި އެ ބޭންޑަށް ވަނީ 3 ވަނަ ލިބިފައެވެ.
ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް 2 އޮފް އަސް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖުލައިގައެވެ. މި ބޭންޑަކީ ވިޒިޓް މޯލްޑިވްސް އަށް ހަމަޖެއްސި ފުރަތަމަ ލޯކަލް އެމްބެސެޑާރވެސް މެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޭންޑުގެ އެމްބެސެޑާޝިޕް ސަސްޕެންޑް ކުރީ މިދިޔަ މަހުއެވެ. އަދި އެމްބެސެޑާޝިޕް ސަސްޕެންޑުކޮށްފައިވަނީ ފައިސާގެ ކަންކަމުގައި އެ ބޭންޑާ މެދު ފެތުރެމުންދާ ވާހަކަތަކުގެ ނޭދެވޭ އަސަރު ވިޒިޓް މޯލްޑިވްސް އަށް ކުރާތީ ކަމަށް މައުލޫމާތު ލިބެއެވެ.
މި ބޭންޑު އުފެދިގެން އައި އިރު، ބޭންޑުގައި 5 މެމްބަރުން ތިއްބެވެ.
ފައިސާގެ ކަންކަން އޮޅުވާލާ ކަމުގެ ތުހުމަތުކޮށް އެ ބޭންޑުގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) ބޭންޑާ ދުރަށް ދިޔައި މިދިޔަ މަހުއެވެ. އެ ބޭންޑުގެ ލީޑު ވޯކަލިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީން އާއި އަހުމަދު ޖަޝީމް އާއި މުހައްމަދު ހިޝާމް ވަނީ ހަމަ މިފަދަ މައްސަލަތަކެއްގެ ސަބަބުން މިދިޔަ އަހަރުގެ މެދު ތެރޭގައި ބޭންޑުން ވަކިވެފައެވެ.
މިހާރު ”2 އޮފް އަސް“ ބޭންޑުގައި ތިބީ އެ ބޭންޑުގެ ލީޑަރު އަދުހަމްގެ އިތުރުން އަބްދުﷲ ޝަމްރޫހް އެވެ.

ކިޔުންތެރިންގެ ހިޔާލު