އެޕިސޯޑް 18
...............
[ކީއްކުރަން؟...ފިރާޝާ ގާތަށް؟] ހިތްހަމަނުޖެހިފައިވާފަދަ ގޮތަކަށް ސުދާ އެއްސެވެ. މުޢާޒު ބޯޖަހާލިއެވެ.
[ކީއްކުރަންތަ މުޢާޒު ދަނީ....އެއީ މިހާރު މުޢާޒާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫނެއްނު....އަޅެ ދާނެ ކަމެއްނެތް...އޭނާއަށް އޭނާގެ ކުށް އިޙްސާސް ކުރެވޭނީވެސް އޭރުން.] ސުދާ މުޢާޒުގެ އަތުގައި ހިފަހައްޓާލިއެވެ.
[ފިރާޝާ ބުނިނަމަ ނުދިޔައިމުސް...އެކަމަކު ފިރާޝާގެ މަންމަ ބުނީމާ ނުގޮސް އަހަންނަކަށް ނުކެރޭނެ...އެމީހުން އަހަންނަށް ގުޅާނީވެސް ޙަޤީޤަތް ނޭނގޭތީކަން ގައިމު....އަހަރެން އަންނާނަން ވަރަށް އަވަހަށް ގޮއްސަ.] މުޢާޒު ހިނގައިގަތެވެ.
ސުދާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު އޭނާއަށް މެދުގޭތެރޭގައި އިން އަސްޢަދު ފެނުނެވެ. އޭނާ އަތަށާއި ފަޔަށް ކުޑަނަމަވެސް ޙަރަކާތެއް ކުރެވޭތޯ މަސައްކަތް ކުރަމުން ދަނީއެވެ. އޭނާ މަޑުޖެހިލުމަށްފަހު، އަސްޢަދުގެ ޙަރަކާތްތަކަށް ބަލަން އިރުކޮޅެއް ވަންދެން ހުރުމަށްފަހު، އޭނާ އަސްޢަދާ ދިމާއަށް ހިނގައިގަތެވެ.
އަސްޢަދަށް ސުދާ އަންނަތަން ފެނުނީ ސުދާ އޭނާއާ ވަރަށް ގާތަށް އައިފަހުންނެވެ. އޭނާ އަންނަގޮތުން ޙަމަލަޔަކާއިގެން އަންނަހެންވެސް ހީވެއެވެ. އަސްޢަދާ އޭނާ އެކަނިވާނެ ވަގުތަކަށް އޭނާ އިންތިޒާރު ކުރާތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެއެވެ.
އޭނާއަށް ހުރި ހަމައެކަނި ބިރަކީ އަސްޢަދު ކަމުގައި އޭނާ ދެކެއެވެ. އެހެންވެ އަސްޢަދުގެ ކިބައިން ސަލާމަތްވެ، ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރަން އޭނާ ކިތަންމެހާވެސް ބޭނުމެވެ.
އޭނާ ބާރަށް ހިނގާފައި އައިސް އަސްޢަދުގެ ކުރިމައްޗަށް ހުއްޓި، ވިހަ ނަޒަރަކުން އަސްޢަދަށް ބަލައިލިއެވެ. ބިރުން އަސްޢަދު ތުރުތުރުއަޅަން ފަށައިފިއެވެ. އޭނާ އަޑުލަންވެސް އުޅުނެވެ. ސުދާ ވަށައިގެން ހޯދަން ފަށައިފިއެވެ.
[ސުދާ.....] ހިތް އަވަސްވެފައި ހުރި ސުދާ ސިއްސައިގެން ދިޔައީ އަސްޢަދުގެ ބައްޕަ ޒަކީގެ އަޑުންނެވެ. ޒަކީ ނުކުތީ ކޮޓަރިންނެވެ. ޙަފީޒާގެ އަތުގައި ހިފައިގެންނެވެ.
[އާނ....ބައްޕަ ކިހިނެއްވީތޯ؟] ތެޅިގެންފައި ކަހަލަ ގޮތަކަށް ސުދާއަށް އަހާލެވުނެވެ.
[ބައްޕަ މިދަނީ މަންމަ ގޮވައިގެން ހޮސްޕިޓަލްގައި އޮތް ބަލިމީހަކަށް ޒިޔާރަތް ކޮށްލަން...ދަރިފުޅު އަސްޢަދު ރަނގަޅަށް ބަލައްޗޭ.....] ސުދާ ބޯޖަހާލިއެވެ.
ޒަކީ ޙަފީޒާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ސުދާއަށް ފުރްޞަތު ލިބުނެވެ. ސުދާ އަސްޢަދާ ދިމާއަށް ލޯއަޅާލިއެވެ. އެހިނދު އޭނާގެ ހިތް އޭނާއާ މުޚާޠަބު ކުރަމުންދާ ކަހަލައެވެ. [ސުދާއެވެ. ފުރްޞަތު ނަގާނުލާށެވެ. މިއީ މަދުން ނޫނީ ނުލިބޭނެފަދަ ރަނުގެ ފުރްޞަތެކެވެ. ހިތުގެ މިގޮވުމާއެކު، އޭނާ ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު، އަސްޢަދު އިން ފުރޮޅުލީ ގޮނޑި ކޮއްޕަން ފެށިއެވެ. ބިރުގެންފައި އިން އަސްޢަދު ސަލާމަތަށް އެދި ގޮވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ސުދާ ހިނިއައިސްފައި ހުރެ ގޮނޑި ކޮއްޕަމުން ދިޔައީ، އަސްޢަދުގެ ކޮޓަރިއާ ދިމާއަށެވެ. އޭރު އަސްޢަދަށް ރޮވެނީއެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދަނީއެވެ.
[އައްސަލާމް ޢަލައިކުމް....] ސުދާގެ ހިނގުން ހުއްޓި، ޙަރަކާތް ހުއްޓުނީ ދާދި ގާތުން އިވުނު އޭނާގެ ބައްޕަ ވަސީމްގެ އަޑުންނެވެ. އަނެއްކާވެސް ސުދާ މާޔޫސްވެއްޖެއެވެ.
[ބައްޕާ....ކޮންއިރަކު އައީ؟] ސުދާ ވަސީމާ ދިމާއަށް އެނބުރުނެވެ. އެޔާއެކު އަސްޢަދުވެސް ހަމަޔަކަށް އެޅުނެވެ.
[މިއައީ...ބައްޕަ ކޮންމެހެން މިފަހަރު މިއައީ ދަރިފުޅު މާބޮޑަށް ހަނދާންވާތީ....ބައްޕައަށް ނިކަން ބިރުވެރި ހުވަފެނެއްވެސް ދެތިން ދުވަސް ކުރިން ފެނުނޭ....ބައްޕައަށް ފެނުނީ މާލޭ ކައިރި ރަށަކަށް ދަތުރުގޮސް އެނބުރި އަންނަނިކޮށް، ދޯނިފެތި ދަރިފުޅުވެސް ކަނޑުވެ ސަލާމަތަށް އެދި ގޮވަނިކޮށް. އެ ހުވަފެން ފެނުމުން، ދަރިފުޅު ދެކިލާފައި ނޫނީ ބައްޕަ ހިތްހަމަނުޖެހުނު....ދަރިފުޅުގެ ޙާލު ރަނގަޅުދޯ.....] ވާހަކަ ދައްކަމުން ވަސީމް އައިސް ސުދާއާ އަރާހަމަކުރިއެވެ. ވަގުތުން ސުދާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެހެން ނަމަވެސް، އޭނާ އެކަން ބައްޕައަށް ފޮރުވިއެވެ.
[ބައްޕާ.....އަހަރެންގެ ޙާލު ވަރަށް ރަނގަޅު....ބައްޕައަށް ތިޔަކަހަލަ ހުވަފެންތައް ފެންނަނީ އަހަންނާ ދޭތެރޭ ބައްޕަ މާބޮޑަށް ވިސްނާތީ...ބައްޕަ ތިވަރަށް އަހަންނާ ދޭތެރޭ ނުވިސްނަބަލަ....] ސުދާ މޫޑު ބަދަލުކުރިއެވެ.
[ބައްޕަ ދަރިފުޅާ ދޭތެރޭ ނުވިސްނާ....ދެން ވިސްނާނީ ކާކާ ދޭތެރޭ....މި ބައްޕަގެ ހުރިހާ އުފަލަކީވެސް ތިޔައީ....] ވަސީމް ސުދާގެ ކޮލުގައި ފިރުމާލިއެވެ. އެދުވަހުވެސް ސުދާއަށް ކާމިޔާބު އައްސޭރިފަށަށް އާދެވޭގޮތެއް ނުވިއެވެ. މިފަހަރު އޭނާ މާޔޫސްކޮށްލީ ބައްޕައެވެ. އެހެންވެ އޭނާއަށް ބައްޕަދެކެވެސް ރުޅިއާދެވުނެވެ. ނަމަވެސް، އޭނާ އެކަން ބައްޕައަށް ފާހަގަވިޔަކަ ނުދެއެވެ. އަސްޢަދަށް ވަސީމްގެ ނަޒަރު ހުއްޓުނީ ދެނެވެ. އޭނާ އައިސް ރޮވިފައި އިން އަސްޢަދުގެ ދެލޯ ފޮހެދޭން ފެށިއެވެ.
[ހިތާމަނުކުރޭ ދަރިފުޅާ...ދަރިފުޅުގެ ބޭބެ މިހާރު އެބަ ޚިޔާލުކުރޭ...ދަރިފުޅު ގޮވައިގެން ސިންގަޕޫރަށް ދާން. އިރާދަކުރެއްވިއްޔާ، އެތަނުން ފަރުވާކުރަން ފެށީމާ، ދަރިފުޅުގެ ޙާލު ރަނގަޅު ވެދާނެ.] ވަސީމް އަސްޢަދަށް ހިތްވަރު ދިނެވެ. އޭރުވެސް ސުދާ އައީ އޭނާގެ ވިހަ ނަޒަރުން އަސްޢަދުގެ ހިތް ބިރުގަންނަވަމުންނެވެ. އަސްޢަދުގެ އޮފީސްމޭޓެއް ކަމުގައިވާ ނިޔާޒު ދުވަސްތަކަކަށްފަހު އެގެޔަށް އައިސް ވަނީ އެވަގުތުއެވެ. ނިޔާޒު އައި ގޮތަށް އައިސް ހުއްޓުނީ އަސްޢަދު ގާތަށެވެ. ރާއްޖެއިން ބޭރުގައި ކުރު ކޯހެއް ފުރިހަމަ ކުރުމަށްފަހު، އޭނާ މާލެ އައީ ރޭގެ ވަގުތެއްގައެވެ. އޭނާ ފުރައިގެން ދިޔައީ އަސްޢަދު އެ ބިރުވެރި އިމްތިޙާނާ ކުރިމަތިލީތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
[އަސްޢަދު...ސުދާ...ސުދާ މިހާރު އަސްޢަދާ މެރީކުރީތަ؟ އަސްޢަދު ސުދާދެކެ ހާދަވަރަކަށް ލޯބިވެޔޭ.....] އަސްޢަދުގެ އަތުގައި ހިފައިގެން ހުރެ ސުދާގެ މޫނަށް ބަލައިލަމުން ނިޔާޒު ވާހަކަ ދެއްކިއެވެ. ނިޔާޒުގެ އެ ޖުމްލައާއެކު، ސުދާއާއި ވަސީމަށްވެސް ކުއްލި ސިހުމެއް ލިބުނެވެ. ވަސީމަށް ބަލައިލެވުނީ ސުދާގެ މޫނަށެވެ. ބުނާނެ އެއްޗެއް ނޭނގުމާވެސްއެކު، އޭނާއަށް އިސްޖެހުނެވެ. މިހާރު ވަސީމްގެ މޫނުމަތިން ފާޅުވެ ސިފަވަމުންދަނީ، ޙައިރާންކަމާއި ޖަވާބަށް ބޭނުންވެފައިވާ ސުވާލުމާކުތަކެކެވެ. އެހެން ނަމަވެސް، އޭނާ އެވަގުތު އެތަނުން ދިޔައީ އެއްވެސް ސުވާލެއް އެކަމާ ބެހޭގޮތުން ސުދާއާ ކުރިމަތިނުކޮށެވެ. އެކަމަކު އޭނާގެ ހިތުގައި އުފެދި އުތުރިއަރަމުންދާ ސުވާލުތައް ސުދާއާ ކުރިމަތި ކުރުމަށް އޭނާ ފިސާރި ބޭނުންވިވެސްމެއެވެ.
[އަހަންނަކީ އަސްޢަދުގެ ފަހަރި....މުޢާޒުގެ އަނބިމީހާ....] ވަސީމް ދިޔުމާއެކު، ޖަވާބާއެކު ސުދާ ނިޔާޒާ ކުރިމަތިލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ނިޔާޒަށް ހުރެވުނެވެ.
ދެން އޭނާއަށް ބަލައިލެވުނީ އަސްޢަދުގެ މޫނަށެވެ. ޤަބޫލުކުރަން ދަތިވެފައިވާފަދަ ގޮތަކަށެވެ.
[ސުދާ މުޢާޒާ އިނީ!؟ ހާދަ ޤަބޫލު ނުކުރެވެޔޭ.....] ނިޔާޒަށް ބޯހޫރާލެވުނެވެ.
[ކިހިނެއްވީ؟ މުޢާޒުގެ ޙަޔާތުގެ ބައިވެރިޔަކަށް އަހަރެން އެކަށީގެންނުވަނީތަ؟] ސުދާ އެހިއެވެ.
[ނޫނޭ....ނޫނޭ...އެހެން ވެގެނެއް ނޫން...ހިތަށްއެރީ ފިރާޝާ ކޮބައިބާއޭ.] ނިޔާޒު އަސްޢަދުގެ ލޯ ފޮހެދެމުން ވާހަކަ ދެއްކިއެވެ.
[އެކަހަލަ ބޭވަފާތެރިއެއްގެ ކިބައިން އަސްޢަދުގެ ބޭބެ ސަލާމަތްވީތީ މިއަދު ނިޔާޒުމެން އުފާކުރޭ....އަހަރެން މިގެޔަށް އައުމުގެ މާކުރިންވެސް މުޢާޒު ދަންނަން.] ސުދާ ބުންޏެވެ.
[ތިބުނާ ވަފާތެރިންނަކީ ކޮބައިކަމެއް....ކެހިވެރިންނަކީ ކޮބައިކަމެއް އަހަންނަކަށް ނުވިސްނުނު.] ނިޔާޒަށް ރުޅިއިސްކުރެވެން އުޅުނެވެ. އެކަން އޭނާ އަމިއްލައަށް އިޙްސާސްވުމާއެކު، އޭނާ އަސްޢަދު ގާތު ދަނީއޭ ބުނެފައި ހިނގައިގަތެވެ. އޭރު ސުދާގެ ބައްޕަވެސް ދޯންޏަށް ގޮސްލާފައި އެބަ އަންނަމޭ ބުނެފައި ހިނގައްޖެއެވެ. އަނެއްކާވެސް ސުދާއަށް ފުރްޞަތު ލިބުނީއެވެ. ލިބުނު އުފަލާއެކު، ސުދާ އަސްޢަދުގެ މޫނަށް ބަލައިލިއެވެ. އަސްޢަދުގެ ހިތާއި ސިކުނޑި ކަތިލާފަދަ ގޮތަކަށެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ އަސްޢަދު ބިރުގަންނަވައިގެން ހާސްކުރުވާށެވެ.
[ވަރަށް ބިރުގަނޭދޯ؟ ކޮޓަރިއަށްދޯ ދާނީ؟] ސުދާ ގޮނޑި ކޮއްޕަން ފެށިއެވެ. އަސްޢަދު ސަލާމަތަށް އެދި ގޮވޭތޯ މަސައްކަތް ކުރަމުން ދަނީއެވެ.
ސުދާ ގޮނޑި ކޮއްޕަމުން ގޮސް ވަނީ އަސްޢަދުގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އޭނާ ދޮރު ލައްޕައިފިއެވެ.
[އަހަރެންގެ މިއުފާވެރި ދިރިއުޅުމަށް ހުރި ހުރިހާވެސް ނުރައްކަލަކީ ތިއީ....އަހަރެން ބޭނުން، ތި ނުރައްކަލުން ސަލާމަތްވާން.] މިފަހަރު އޭނާގެ އަޑުވެސް ބަދަލުވެއްޖެއެވެ. އޭރު އޭނާ ހުއްޓިހުރީ ސީދާ އަސްޢަދުގެ ކުރިމައްޗަށްވާ ގޮތަށެވެ. އެހެން ނަމަވެސް، އަސްޢަދަށް ފުރަގަސްދީގެނެވެ. އެވަގުތު ސުދާ ތުރުތުރުއަޅަމުންދާތަން އަސްޢަދަށް ފެނުނެވެ. އިރުކޮޅަކުން ކުޑަކަކޫ ޖަހައިގެން ބިންމައްޗަށް ތިރިވެލިއެވެ. އޭރުވެސް އޭނާ އިނީ އަސްޢަދަށް ފުރަގަސްދީގެނެވެ.
[މިއީ އަހަރެން ވަރަށް ކުރިއްސުރެ އިންތިޒާރު ކުރަމުން އައި ދުވަހެއް.] މިފަހަރު އޭނާގެ އަޑު ކުރިއަށްވުރެންވެސް ތަފާތެވެ. އަޑު ބަރުވެފައި ކުރަކިއެވެ. އަންހެންވަންތަ އެއްވެސް އަސަރެއް އެ އަޑަކު މިހާރަކު ނެތެވެ. ދެން ސުދާގެ ހަށިގަނޑަށް ގެނައީ އެންމެ ޙަރަކާތެކެވެ. އޭނާ ބަދަލުވެއްޖެއެވެ. މިހާރު އަސްޢަދުގެ ކުރިމަތީގައި އިށީނދެގެން އެއިނީ ސުދާއެއް ނޫނެވެ. އެއީ މާމެއިޑެއްގެ ސިފައިގައިވާ ޖިންނިއެކެވެ. ބައެއްފަހަރަށް މޫނުމަތިން ރީތި އަންހެން ކުއްޖެއް ސިފަވިޔަސް، އަނެއްބައިފަހަރަށް ފާޅުވަނީ ނިކަން ނާމާން ސިފައެކެވެ. އަސްޢަދު ބިރުން ތުރުތުރުވެސް އަޅަން ފެށިއެވެ. އޭނާ ސަލާމަތަށް އެދި ގޮވޭތޯ މަސައްކަތް ކުރިވެސްމެއެވެ. ނަމަވެސް، އާދައިގެ މަތިން އޭނާ ކުރަމުން އައި މަސައްކަތް މިފަހަރުވެސް ކާމިޔާބުވާގޮތެއް ނުވިއެވެ.
[ސުދާ.....] އެވަގުތު ބޮޑުކޮޓަރިން އިވުނު މުޢާޒުގެ އަޑުން އަސްޢަދަށް ހިތްހަމަޖެހުން ލިބުނުއިރު ސުދާއަށް ތެޅިގަނެވިއްޖެއެވެ. އިސާހިތު އޭނާގެ ސިފަވެސް ބަދަލުވުމާއެކު، އޭނާ އަސްޢަދާއެކު ގޮނޑި ކޮއްޕަމުން ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭރުވެސް އަސްޢަދުގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަ ފައިބާ ހުއްޓެވެ.
[ފިރާޝާގެ ޙާލު ރަނގަޅުތަ؟] ސުދާ ހާސްކަން ކަނޑުވާލަމުން ވާހަކަ ފެށިއެވެ. އެސުވާލަށް ޖަވާބު ދިނުމުގެ ކުރިން މުޢާޒަށް ބަލައިލެވުނީ އަސްޢަދުގެ މޫނަށެވެ. މުޢާޒު އަސްޢަދު ގާތަށް ޖެހި އަސްޢަދުގެ ލޯ ފޮހެދިނެވެ.
[އަހަރެން އޭނަގެ ޙާލާ ދޭތެރެއަކު ނުވިސްނަން....އަހަރެން ދިޔައީ އޭނަގެ ޙާލު ބަލާކަށް ނޫނިއްޔާ.] މުޢާޒު ބުންޏެވެ.
އެދުވަހަށްފަހު ސުދާ އޭނާގެ މުސްތަޤްބަލާ ދޭތެރޭ ކުރިއަށްވުރެންވެސް ބޮޑަށް ވިސްނަން ފަށައިފިއެވެ. އެހެންކަމުން، އަސްޢަދުގެ ކިބައިން ސަލާމަތްވުމަށް އޭނާ އިތުރު ގޮތްތަކެއް ރާވަންވެސް ޤަޞްދުކުރިއެވެ.
[މުޢާޒު....އަސްޢަދު ގޮވައިގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ވާހަކަ ބުނީމެއްނު...އަހަރެން ބުނަން މިއުޅެނީ، ދަތުރު ތަންކޮޅެއް އަވަސްކުރަން ވެއްޖެ ނޫންހޭ؟] ސުދާ ބުންޏެވެ.
[އާނ....ދަތުރު އަވަސްކުރަންވީ؟ މައްސަލައަކީ އަދިވެސް ބޭނުންވާ ވަރަށް ފައިސާ ޖަމާނުކުރެވޭތީ....އަސްޢަދު ކުރަން ޖެހޭނީ ހާދަ ބޮޑު އޮޕަރޭޝަނެކޭ.....] މުޢާޒު ބުންޏެވެ.
[އަހަރެންގެ ބައްޕަގެ އަތުން ކޮންމެވެސްވަރަކަށް ފައިސާ ލިބިދާނެ...ހޯދައިދެންތަ؟] ސުދާ ބުންޏެވެ.
[ސުދާގެ ބައްޕަ ކޮންތާކުން ހޯދާ ރުފިޔާއެއް؟] މުޢާޒަށް އެހުނެވެ.
[އެގޮތް މުޢާޒު ނުބަލާ....މިބުނަނީނު އަހަރެން ހަމަޖައްސައިދޭނަމޭ.] ޔަޤީންކަމާއެކު ސުދާ ބުންޏެވެ. މުޢާޒު އެކަމަށް އެއްބަސްވިއެވެ. ސުދާ އެވަރަކުން ފައިސާގެ ކަންތައް ހަމަޖައްސައިދޭން އުޅެނީ އަސްޢަދުމެނާއެކު އޭނާއަށްވެސް ބޭރަށް ދެވޭނެ ކަމަށް އުންމީދު ކޮށްފައެވެ. އޭނާގެ އެ އުންމީދުތައް ފެނަށް ދިޔައީ އޭނާ ބައްޕަ އަތުން ހޯދި ފައިސާ ކަމަށް ބުނާ ވިހިހާސް ދިވެހި ރުފިޔާ މުޢާޒާ ޙަވާލުކުރި ދުވަހުއެވެ.
[މަންމަ އެކަނި ބަހައްޓާފައި ސުދާއަކަށް އަހަރެމެނާއެކު ނުދެވޭނެއެއްނު....އަސްޢަދު ގޮވައިގެންދާނީ އަހަންނާ ބައްޕަ....] މުޢާޒުގެ މި ޖުމްލައިން ހީވީ ސުދާގެ ބޮލުގައި މީހަކު ބާރު ބޮނޑިއެއް އެޅިހެންނެވެ.
[އަހަރެންވެސް ހާދަ ރާއްޖެއިން ބޭރަށް ޖައްސާލާހިތްވެޔޭ.....] މުޢާޒުގެ ޚިޔާލު ބަދަލުކުރެވޭތޯ ސުދާ ބުންޏެވެ.
[ނިކަން ވިސްނާލަބަލަ ސުދާ...ސުދާ ގޮސްގެން މަންމަ ބަލާނީ ކާކުތަ؟] މުޢާޒު އުޅުނީ ސުދާއަށް ވިސްނައިދޭށެވެ.
[އެކަމަކު އަހަރެން އެހާވަރުން...] ސުދާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޒަކީ އަސްޢަދު ގޮވައިގެން އައިސް އެތަނަށް ހުއްޓިއްޖެއެވެ. ސުދާ ބަލައިލީ އަސްޢަދުގެ މޫނަށެވެ. އަސްޢަދު އިސްއޮބައިލީ ބިރުންނެވެ.
[ދަރިފުޅަށް އެނގޭތަ؟ ދަރިފުޅުގެ ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ދިނީ މިއިން ފަހަރި ސުދާއޭ.] ޒަކީ އަސްޢަދުގެ ބޮލުގައި ފިރުމަމުން ބުންޏެވެ. ޒަކީ ހިތުން އަސްޢަދު ގާތު އެވާހަކަ ބުނީ އޭނާ އުފާވެދާނެ ކަމަށް ހީކޮށްފައެވެ. ނަމަވެސް، އޭނާގެ މޫނުމައްޗަށް އިތުރު ނުތަނަވަސްކަން ވެރިވުން ފިޔަވައި އެހެން ކަމެއް އޭނާގެ ކިބަޔަކުން ނުފެނެއެވެ.
[ސުދާ...އަހަރެން މިދަނީ، މި ފައިސާތައް ޑޮލަރަށް ހެދޭތޯ. އަދި ބުނަން...ޢުބޭދު ގެނެސްދޭނެ ދެހާސް ޑޮލަރު. އެ ގެންނައިރު ބޮޑުކޮށް ނެތިއްޔާ، ބުނާތި ބޮޑުކޮށްގެން ގެނެސްދޭށޭ.] މުޢާޒު ނުކުންނަން ހިނގައިގަތެވެ.
[އާނ...އިހަށް ބޭންކަކަށް ނޫންތަ ލާނީ؟] ސުދާ އޭނާގެ ހިތުގައި އާލާވަމުން އައި މަޤްޞަދެއް ޙާޞިލް ކުރުމަށްޓަކައި މަގުކޮށަން ބޭނުންވިއެވެ.
[ފުރުމާ މިދޭތެރެއަކު މާގިނަ ދުވަހެއް ނެތެއްނު. އަލަމާރީގައި ހަތަރުވަރަކަށް ދުވަސް ވަންދެން ބެހެއްޓިދާނެއެއްނު.] މުޢާޒު ނުކުތެވެ. އެވަގުތުވެސް އަސްޢަދުގެ ބޮލުގައި ރިއްސާލިއެވެ. ވާހަކަ ދެއްކޭނަމަ، އޭނާގެ ހިތަށްއަރާ އެއްޗެއް ބުނީހެވެ. ސުދާގެ ސިފައިގައި އެވާ ޖިންނިއަކީ ބާރު ލިބިގެންވާ ރޭވުންތެރި އެއްޗެއްކަން އެނގެނީވެސް އޭނާއަށް އެކަންޏެވެ.
ޔަޤީނެވެ. އޭނާގެ ހަށިގަނޑުގައި ވަރެއް ހުރެ، ބާރެއް ލިބިފައިވާނަމަ، މިހާރު އެ އެތި ނައްތާލިތާ ހަނދާނެއްވެސް ނުހުންނާނެއެވެ. އެއީ ޖިންނީންގެ ތެރެއިންވެސް ރަޙުމްކުޑަ، އަނިޔާވެރި ޖިންނިއެއް ކަމަށް އޭނާ ސިފަކުރެއެވެ. އޭނާ އެގޮތަށް ސިފަ ނުކުރިޔަސް، ޙަޤީޤަތް އެހެން ބަޔަކަށް އެނގޭނަމަ، އޭތީގެ ފަރާތުން އަސްޢަދަށް ލިބިފައިވާ އަނިޔާއިންވެސް ދޭހަވާނެއެވެ.
އޭތި އަސްޢަދުގެ ދިރިއުޅުން ނަގާލައި، އެ ރަޙުމްކުޑަ އަނިޔާ އަސްޢަދަށް ދިނީ އެއްވެސް ހަމްދަރުދީއެއް ނެތިއެވެ.
[ތިޔައީ އަމިއްލަ އެދުން ބޮޑު ޖިންނިއެއް.] ވާހަކަ ނުދެއްކުނަސް، އަސްޢަދުގެ ހިތަށް ބައިވަރު އެއްޗެހިތައް އަރައެވެ. މާތްރަސްކަލާނކގެ އިރާދަފުޅުން އަދި އޭނާގެ ސިކުނޑި ފިސާރި ފުރިހަމައަށް މަސައްކަތް ކުރެއެވެ.
[އިންސާނުންވެސް ހަމަ ތިހެނެއްނު....މަދު މީހަކު ނޫނީ އަނެކާގެ އުފަލަށްޓަކައި އަމިއްލަ އުފަލެއް ޤުރްބާނެއް ނުކުރޭ...ޙަޤީޤަތަށް ބަލާއިރު، އިންސާނުން މާ ރަޙުމް ކުޑަ.] އަސްޢަދަށް އިސްއުފުލައި ބަލައިލެވުނީ، ކަންފަތްދޮށުން އިވުނު އަޑަކުންނެވެ.
އެއީ ސުދާގެ އަޑެވެ. ނަމަވެސް، ސުދާއެއް ފެންނާކަށް ނެތެވެ. އޭނާގެ ކައިރީގައި ހުރީ މަންމައެވެ.
[އަހަރެން ބޭނުންވީމާ ނޫނީ އެއްވެސް މީހަކަށް އަހަންނެއް ނުފެންނާނެ. އަހަރެން މިހުރީ އަސްޢަދުގެ ހޫނު އިޙްސާސް ކުރެވޭހާ ގާތުގައި.] ދެން އިވުނީ ސުދާ ނާމާން ޒާތަކަށް ހީގަތް އަޑެވެ. ބިރުގެންފައި އިން އަސްޢަދަށް ބަލައިލެވުނީ ދާދި ގާތުގައި ހުރި މަންމަގެ މޫނަށެވެ. ނަމަވެސް، މަންމައަށް ސުދާގެ އެ ނާމާން އަޑު އިވޭނަމަ، މަންމަ އޭނާއާ މުޚާޠަބު ނުކޮށް ނުއިންނާނެކަން ކަށަވަރެވެ.
[ހިތުން ތިޔައުޅެނީ އަހަންނާ ނުލައި ރާއްޖެއިން ބޭރަށް ދާކަށްނު...ނިކަން ރަނގަޅަށް ފޮނުވަދޭނަން.] މިފަހަރު އަޑުއިވުނީ ސީދާ އަސްޢަދުގެ ކުރިމަތިންނެވެ. އަސްޢަދުގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. އޭނާ ތުރުތުރުއަޅަން ފަށައިފިއެވެ. އެވަގުތު އެތަނަށް ޢުބޭދު އައިސް ނުވަންނަމަ، އަސްޢަދު އަރިއަޅައިގެން ވެއްޓުނީސްކަން ގައިމެވެ.
ކިހިނެއްވީ؟ ތަދުވަނީތަ ތަނަކަށް؟] ޢުބޭދު އަސްޢަދުގެ ދެކޮނޑުގައި ހިފެހެއްޓިއެވެ. އޭރު އަސްޢަދުގެ ދެލޯ ތެމިގެން ކަރުނަތައް ފައިބަން ފަށައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު