ކުރިއަށް އޮތް ރަމަޟާން މަހު އައްޑޫ ސިޓީއަށް ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން އައްޑޫގައި ބޭއްވި "އައްޑޫ ބޮޑު ޖަލްސާ" ގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި ސަރުކާރުން ދެމުންދަނީ ވަގުތީ ފަރުވާއެއް ކަމަށާއި، މިހާރުވެސް ރައްޔިތުން ތިބީ ކޮންމެ ވަގުތަކުވެސް ކަރަންޓު ކެނޑިދާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
މީގެ އިތުރުން، އައްޑޫގެ ފެނާއި ނަރުދަމާގެ ނިޒާމުވެސް އޮތީ ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައި ކަމަށާއި، ހިތަދޫގެ ރައްޔިތުންނަށް ސާފު ބޯފެން ނުލިބޭތާ އަހަރެއް ވެފައިވާ ކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށް އިހުމާލުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، ކައުންސިލްތަކަށް ދޭ ބަޖެޓު ކުޑަކުރުމުގެ ސަބަބުން އިދާރީ ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިޒާރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ކަނޑައަޅާފައިވަނީ އެންމެ 5 އިންސައްތަ ކަމަށާއި، މިއީ ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު