މަސްތަކުގެ ތެރޭގައި ހިމެނޭ "ޕަފާ ފިޝް" ނުވަތަ ކޮލި މަހުގައި ހުންނަ ޒަހަރެއް ބޭނުންކޮށްގެން، ލޮލުގެ ފެނުން ރަނގަޅު ކުރުމަށްޓަކައި ލޯ "ރީބޫޓް" ކުރެވިދާނެ ގޮތެއް ސައިންސްވެރިން ހޯދައިފިއެވެ.

އެމެރިކާގެ މަސާޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ގެ ދިރާސާވެރިން މި ހޯދުންތައް ހޯދާފައިވަނީ ކޮލިމަހުގައި ހުންނަ ޒަހަރު މީދާތަކުގެ ލޮލުގެ ކަޅިތެރެއަށް ފޮނުވައިގެންނެވެ. މިތަހުލީލުތަކުން ތަޖުރިބާކުރެވުނު ގޮތުގައި މީދަލުގެ ލޮލުގެ ކަޅިތެރެއަށް ޒަހަރު ފޮނުވާލުމާއެކު ވަގުތުން މީދަލުގެ ލޯ ލައްޕާލައެވެ. 48 ގަޑިއިރަށް ފަހު އަލުން ލޯ ހުޅުވޭއިރު، ސިކުނޑީގެ ފެނުމާ ބެހޭ ނިޒާމު އާވެ، ފެނުމުގެ މައްސަލަތަކަށް ބޮޑު ކުރިއެރުމެއް ލިބޭކަން ސައިސްވެރިންނަށްވަނީ ފާހަގަކުރެވިފައެވެ.

މި ހޯދުމުގެ ސަބަބުން، ހަށިގަނޑުގެ ގުނަވަންތަކަށް ބޮޑެތި އޮޕަރޭޝަންތައް ކުރުމުގެ ބަދަލުގައި، ސިކުނޑީގެ ނިއުރޯޕްލާސްޓިސިޓީ ނުވަތަ އަމިއްލައަށް މަރާމާތުވުމުގެ ގާބިލުކަން ބޭނުންކޮށްގެން ލޮލުގެ ބަލިތަކަށް ފަރުވާ ދެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޚާއްޞަކޮށް "ލޭޒީ އައި" ނުވަތަ ލޮލުގެ ކަންނެތްކަން ފަދަ މައްސަލަތަކަށް މިއީ އުންމީދީ ފަރުވާއެކެވެ. މިއީ އަދި އިންސާނުންގެ މައްޗަށް ތަޖުރިބާކުރަން ފަށާފައިވާ ފަރުވާއަކަށް ނުވި ނަމަވެސް، މި ޓެކްނޮލޮޖީ ކާމިޔާބުވެއްޖެނަމަ، ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އޮޕަރޭޝަނަކާ ނުލައި ފެނުން އަނބުރާ ހޯދައިދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު