ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކުރުން މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ވަނީ ހަމަޖައްސާފައެވެ. "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ބާއްވާ މި ކެމްޕޭން ލޯންޗިން ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި މާލޭގެ އާޓިފިޝަލް ބީޗުގައެވެ.
މި އިންތިޚާބަށް ކުރިމަތިލާނެ ކެނޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެމްޑީޕީން މިދިޔަ މަހުގެ 16 ވަނަ ދުވަހު ވަނީ ޕްރައިމަރީއެއް ބާއްވާފައެވެ. ޕްރައިމަރީއަށްފަހު، ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުން މިހާރު ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ޒިޔާރަތްކޮށް، ތަފާތު ހަރަކާތްތައް ހިންގަވަމުންނެވެ.
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ. މި އިންތިޚާބުގައި ރާއްޖޭގެ 225 ދާއިރާއަކުން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު