ދުނިޔޭގެ އެންމެ އަގުބޮޑު ދިޔާ އެއްޗަކީ ނުރައްކާތެރި ނިގޫފަތްލީ ސޫފި ނުވަތަ "ސްކޯޕިއަން" ގެ ވިހަ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

މި ވިހައިގެ ގުލަނެއްގެ އަގު 38 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާއިރު، މިއީ ތައިލެންޑުގެ ކިންގް ކޮބްރާ ވިހައަށްވުރެ ވެސް އެތައް ގުނައެއް އަގުބޮޑު އެއްޗެކެވެ.

ނިގޫފަތްލީ ސޫފީގެ ވިހަ މިހާ އަގުބޮޑުވާ މައިގަނޑު ސަބަބަކީ އޭގައި އެކުލެވޭ ކެމިކަލް މާއްދާތަކެވެ. ސައިންސްވެރިން ހާމަކުރާ ގޮތުގައި މި ވިހައިގައި 5 މިލިއަނަށްވުރެ ގިނަ ކޮމްޕައުންޑް އެކުލެވިގެންވެއެވެ. މީގެ ތެރެއިން ގިނަ މާއްދާތަކަކީ ބަލިތަކަށް ފަރުވާ ހޯދުމަށް ބޭނުންކުރެވިދާނެ މުހިންމު ބޭސްވެރިކަމުގެ ސިފަތައް އެކުލެވޭ މައްދާތަކެއް ކަމަށް ދިރާސާތަކުން ދައްކައެވެ. ވަކިން ހާއްސަކޮށް، ކެންސަރާއި، މެލޭރިއާ އަދި އޮޓޯއިމިއުން ބަލިތަކަށް ފަރުވާ ހޯދުމުގައި މި ވިހައިގެ ބޭނުން ހިފިދާނެ ކަމަށް ސައިންސްވެރިން ވަނީ ލަފާކޮށްފައެވެ.

ނަމަވެސް، މި ވިހަ ހޯދުމަކީ ނުހަނު އުނދަގޫ ކަމެކެވެ. އެވްރެޖްކޮށް އެއް ސޫފިން އެއްފަހަރާ ލިބެނީ އެންމެ ދެ މިލިގްރާމްގެ ވިހައެވެ. އެހެންކަމުން، ބޭސް އުފެއްދުމަށް ބޭނުންވާ މިންވަރަށް ވިހަ އެއްކުރުމަކީ އިންސާނީ ބާރުން އެކަނި ކުރަން އުނދަގޫ އަދި ހަރަދު ބޮޑު ކަމެކެވެ.

މިކަމަށް ހައްލެއް ހޯދުމަށްޓަކައި ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުންދަނީ ލެބޯޓްރީތަކުގައި މި ވިހައިގެ ސިންތެޓިކް ނުވަތަ އަމަލީ ގޮތުން އުފައްދާ ބާވަތްތައް ތައްޔާރުކުރުމަށެވެ. މިއީ މުސްތަގުބަލުގައި އަގުހެޔޮކޮށް މިފަދަ ފުރާނަ ސަލާމަތްކުރާ ބޭސްތައް އާންމުންނަށް ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު އުއްމީދެވެ.



ކިޔުންތެރިންގެ ހިޔާލު