ޖަޕާނުގެ ސައިންސްވެރިންނާއި އިންޖިނޭރުން އިސްނަގައިގެން، ހަނދުގެ ވަށައިގެން 6,800 މޭލުގެ ދިގު ސޯލާ ޕަވަރ ރިންގެއް ނުވަތަ އިރުން ހަކަތަ އުފައްދައިދޭ ބޮޅެއް ބިނާކުރުމުގެ އުންމީދީ މަޝްރޫއަށް ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
"ލޫނާ ރިންގ" ގެ ނަމުން ނަންދެވިފައިވާ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އިރުން އުފައްދައިދޭ ސާފު އަދި މިންވަރެއް ނެތް ހަކަތަ ދުނިޔެއަށް ފޮނުވައި، ހަނދުން އުފައްދައިދޭ ހަކައިތައިގެ މިންވަރު މަދުވުމާއި ނުސާފުވުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ހަކަތައިގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
މި ކޮންސެޕްޓް ބިނާވެފައިވަނީ ހަނދުގެ އިކުއޭޓަރު ނުވަތަ މެދުލައިނުގައި ސޯލާ ޕެނަލްތައް އަތުރާލުމުގެ މައްޗަށެވެ. ހަނދުގެ އެ ސަރަހައްދަށް ގާތްގަނޑަކަށް މެދުނުކެނޑި އިރުގެ އަލި ލިބޭތީ، އުފައްދާ ހަކަތަ މައިކްރޯވޭވް ނުވަތަ ލޭޒަރ ސިގްނަލްތަކަށް ބަދަލުކޮށް، ދުނިޔޭގައި ހުންނަ ރިސީވިންގް ސްޓޭޝަންތަކަށް ފޮނުވުމަށް ވަނީ ރޭވިފައެވެ. މިއީ މޫސުމަށް ނުވަތަ ދުވާލުގެ ވަގުތަށް ބެލުމެއްނެތި 24 ގަޑިއިރު މެދުނުކެނޑި އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދެވޭނެ ނިޒާމެކެވެ.
މި މަޝްރޫއު މިހާރު އޮތީ ދިރާސާކުރުމާއި ހިޔާލީ މަރުހަލާއެއްގައި ކަމަށްވީ ނަމަވެސް، މިއީ އިންސާނުންގެ އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީ ކުރިއަށް ގޮސްފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.
އެއް އިރެއްގައި ހަމައެކަނި ސައިންސް ފިކްޝަން ފިލްމުތަކުން ފެންނަ ފަދަ މި ހިޔާލަކީ، މިހާރު ދުނިޔޭގެ ހަކަތައިގެ ބޭނުންތަކަށް އޮތް ސީރިއަސް ހައްލެއްގެ ގޮތުގައި ބަހުސްކުރެވެމުންދާ ކަމެކެވެ. މިއީ އިންސާނުންނަށް ކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަންކަމުގެ އިމުން ބޭރުން އުފަންވެފައިވާ ވަރަށް އާދަޔާ ހިލާފު އީޖާދެކެވެ.

ކިޔުންތެރިންގެ ހިޔާލު