މި ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ނުބެލެނީ، އެ ފައިސާއަކީ ވެރިކަން ކުރާ ޕީއެންސީ އާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބޭނުންތަކަށް ނަގާފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފުލަންޖެހޭ އެންމެ މުހިއްމު އެއް ދުސްތޫރީ ޒިއްމާއަކީ ޤާނޫނުގެ ވެރިކަން ކުރިއެރުވުން ކަމަށެވެ. އަދި ޤާނޫނުގެ ވެރިކަން ކުރިއެރުވުމަކީ ހިތަށް އައި ގޮތަކަށް، އެކި މީހުންނަށް އެކި ގޮތަށް ކަންކުރުމުގެ ބަދަލުގައި ޤާނޫނުގައިވާ ގޮތަށް އަމަލުކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޖަމީލް ތުހުމަތު ކުރެއްވި ގޮތުގައި، މިއަހަރު ދިން ރިޔާސީ ބަޔާނުގައިވެސް ރައީސް މުއިއްޒު ކޮރަޕްޝަންގެ ވާހަކަ ދެއްކެވީ މުޅިންވެސް ޕީއެންސީގެ ވެރިންނަށް ކުރެވޭ ތުހުމަތުތަކުން ރެކެވޭނެ މަގު ފަހިވާނޭ ގޮތަކަށެވެ.
ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ، އެކަމުގެ ހެކި ހޯދުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދައުލަތުގެ ޒިއްމާއެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. ނަމަވެސް، ރައީސް މުއިއްޒު ހެކި ހޯދަން ރައްޔިތުންގެ ކިބައިން އެދުމަކީ ކަންކަން އޮޅުވާލުމަށް ދައްކަވާ ވާހަކައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
"މިއަދު އެވިދާޅުވީ ފަޒުލް، މުޢާޒު، ވަޖީހު، ބޯފަން އަބްލޯ އަދި ޝުޖާ އާ ފަލާޙުމެންނަށް ކުރެވޭ ތުހުމަތު މިވެރިކަމުގައި ނުބެލޭނެއޭ" ޖަމީލް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުން ދާއިރު، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ޕީއެންސީއަށް ވީތީ ރައީސް މުއިއްޒު ވަޅުލާ ފޮރުވި ގޮތް ރައްޔިތުން ހަނދާން ކުރަންޖެހޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ މި ބޭފުޅުން ނެންގެވީ ރައްޔިތުންގެ ފައިސާ ކަމަށާއި، އެ މައްސަލަތައް ނުބެލެނީ އެ ފައިސާ ނަގާފައިވަނީ ޕީއެންސީ އާއި ރައީސް މުއިއްޒުގެ ބޭނުމަށްޓަކައި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު