މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމުން ވަކިކުރި އިސްމާއިލް ސާޖިދު، އޭނާ މަޤާމުން ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.
ސާޖިދުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެން ސަސްޕެންޑުކޮށްފައި ބެހެއްޓުމަށްފަހު، މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސާޖިދު އެ މަގާމަށް އައްޔަން ކުރެއްވީ، ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު، އިބްރާހީމް ޝުޖާއުއަށް ތުހުމަތުތަކެއް ކުރެވޭ ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކުވި މައްސަލައިގައި އޭރު އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފް މަގާމުން ދުރުކުރުމަށްފަހުއެވެ.
ނަމަވެސް، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސާޖިދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި، އޭނާ މަގާމުން ސަސްޕެންޑުކުރިއެވެ. އެމްއެމްއޭގެ ކޮމިޓީއަކުން މި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ސާޖިދު ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން، އޭނާ މަގާމުން ވަކިކުރުމަށް ކޮމިޓީން ދިން ލަފަޔާ އެކު، އެމްއެމްއޭގެ މެނޭޖްމަންޓުން ވަނީ އެ ދުވަހު އޭނާ މަގާމުން ވަކިކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ސާޖިދު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލަ ސާބިތުވާ ކަމަށް ކޮމިޓީން ނިންމީ، މައްސަލަ ހުށަހެޅި ފަރާތުން ދޮގުތަކެއް ހަދާފައިވާކަން އެނގެން އޮއްވައި ކަމަށެވެ. އަދި އޭނާއާ މެދު ފިޔަވަޅު އަޅާފައިވަނީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށްވެސް ސާޖިދު ވަނީ ތުހުމަތު ކުރައްވާފައެވެ.
މި މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާއިރު، ސާޖިދު ވިދާޅުވެފައިވަނީ، މައްސަލައިގެ ތަފްސީލު ބަލައިފި ކޮންމެ މީހަކަށްވެސް އެމްއެމްއޭގެ ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން ހާމަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު