އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ މުސްތަގްބަލް ނިގުޅައިގަންނަން އުޅޭ "ޕައިރެޓުން" ތަކެއް ތިބޭ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ އެމްޑީޕީން ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ވަނީ ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަނެ، ލާމަރުކަޒީ ނިޒާމު އިނދަޖައްސާލާފައެވެ. އަދި ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް ގެނެސްދީފައިވަނީ އެމްޑީޕީގެ ގުރުބާނީން ކަމަށާއި، މިހާރު ފެންނަމުންދަނީ ގައުމުގެ މުސްތަގްބަލް ނިގުޅައިގަންނަން އުޅޭ "ވަގުން" ތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރާ މީހުންނަށް ވަޒީފާގެ ބިރު ދައްކައި، ވަޒީފާތައް ބަދަލުކުރަމުންދާ ކަމަށްވެސް ސައުދު ތުހުމަތު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަގްބަލަށްޓަކައި މިކަންކަމާ ދެކޮޅަށް ތެދުވާންޖެހޭ ކަމަށާއި، ކައުންސިލް އިންތިޚާބަކީ މި ނިޒާމު އަލުން ބާރުވެރިކުރުވަން ލިބޭ ފުރުސަތެއް ކަމަށެވެ. އެމްޑީޕީގެ ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމަށް އަލުން ފުރިހަމަ ބާރުވެރިކަން ހޯދައިދޭނެ ކަމުގެ ޔަގީންކަންވެސް މޭޔަރު ސައުދު އަލީ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު