މިހާރުގެ ސިޔާސީ މަސްރަޙަށް ބަލާއިރު، އިދިކޮޅު ފަރާތްތަކުގެ އަޑު ގަދަވެ، ސަރުކާރަށް އޮތް ތާއީދު ކުޑަވަމުންދާ ކަމަށް ބުނެ، ރާއްޖޭގައި އަނެއްކާވެސް އެމްޑީޕީގެ ސައްތައިން ސައްތަ ވެރިކަމެއް ގާއިމުވާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ އިސް ސަފުންނާއި އާންމު މެންބަރުން ދަނީ ފާޅުކުރަމުންނެވެ.
އެމްޑީޕީގެ ސަޕޯޓަރުން ބުނާ ގޮތުގައި، "އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް" ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ އެ ޕާޓީގެ ފުރިހަމަ ވެރިކަމެކެވެ. މި ފޯރިގަދަ ޝުޢޫރުތަކާއެކު، ސަރުކާރުގެ ހިންގުން ބަލިކަށިވެ، ރައްޔިތުންގެ މެދުގައި އޮތް މަގުބޫލުކަން ކުޑަވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ސިޔާސީ މުރާސިލުން ފާހަގަކުރެއެވެ.
އަނެއްކޮޅުން، ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރައި، ސަރުކާރާ ދެކޮޅަށް ވަރުގަދަ އިއްތިހާދެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ސަރުކާރުގެ ނިންމުންތަކަށް ފާޑުކިޔުން އިތުރުވެ، އިދިކޮޅު ޕާޓީތަކުން ދައްކާ ވާހަކަތަކަށް އާންމުންގެ ސަމާލުކަން ލިބެމުންދާއިރު، ވަރަށް އަވަސް މުސްތަގުބަލެއްގައި އިދިކޮޅު ހުރިހާ ބާރުތަކެއް އެކަތިގަނޑަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. މި ބަދަލާއެކު ރާއްޖޭގެ ސިޔާސީ ޗާޓަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު