ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިނުމަށް ނިންމި ތާރީޚީ މަރުޙަލާގައި، އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ސިޔާސީ ޕާޓީގެ ގޮތުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓްރީވި ދުވަހުގެ ހަނދާންތައް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އައުކުރަށްވައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ރަޖިސްޓްރީ ކުރެވުނުކަމުގެ ޚަބަރު އެމަނިކުފާނަށް ލިބިވަޑައިގަތީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހު އެމަނިކުފާނަށް ގުޅުއްވައި އެ އުފާވެރި ޚަބަރު ދެއްވީ އޭރުގެ ހޯމް މިނިސްޓަރު މަރްޙޫމް ޢުމަރު ޒާހިރު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޢުމަރު ޒާހިރު ގުޅުއްވައި، އެމްޑީޕީ ރަޖިސްޓްރީ ކުރެވިއްޖެ ކަމަށާއި، ޕާޓީގެ ރަޖިސްޓްރީއާ ޙަވާލުވެވަޑައިގަތުމަށް ވަޑައިގެންނެވުމަށް އެދިވަޑައިގަތް ކަމަށް ނަޝީދު ވިދާޅުވިއެވެ. މި ޚަބަރާއެކު، ރަޖިސްޓްރީއާ ޙަވާލުވުމަށް އެމަނިކުފާނު ވަޑައިގެންނެވީ ޢަބްދުﷲ ސަޢީދު އާއި އެކުގައެވެ. އަދި ހޯމް މިނިސްޓްރީއަށް ވަޑައިގެން ރަސްމީކޮށް ޕާޓީގެ ރަޖިސްޓްރީއާ ޙަވާލުވެވަޑައިގަތެވެ.
ރައީސް ނަޝީދު ވަނީ، އެ ދުވަހު އެމްޑީޕީ ވެގެންދިޔައީ ދިވެހިރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއަށްކަން ފާހަގަ ކުރަށްވާފައެވެ. ހަމައެއާއެކު އެވަގުތަކީ އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ރަޖިސްޓްރޭޝަން މަރުޙަލާވެސް ފުރިހަމަނުވެ އޮތް ވަގުތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، 2005 ވަނަ އަހަރުގެ ޖޫން މަހު ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ފުރުޞަތު ހުޅުވާލުމާއެކު، އެމްޑީޕީ ރަޖިސްޓްރީ ކުރެވިގެން ދިޔުމަކީ ރާއްޖޭގެ ޑިމޮކްރެސީގެ ޙަޔާތުގައި ފާހަގަކޮށްލެވޭ ވަރަށް މުހިންމު އަދި ތާރީޚީ ފެށުމެކެވެ.

ކިޔުންތެރިންގެ ހިޔާލު