ޕާކިސްތާނުގައި ދާދިފަހުން ކުރެވުނު ކައިވެންޏެއްގައި، ފިރިހެންމީހާ އޭނާގެ އަނބިމީހާއަށް ކައިވެނީގެ ރަނުގެ ގޮތުގައި ދިން ތަފާތު އަދި މާތް ހަދިޔާއެއްގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މި ކައިވެނީގެ ރަނުގެ ގޮތުގައި (ހައްގު މަހަރުގެ ގޮތުގައި) ފިރިހެންމީހާ ހުށަހެޅީ އޭނާގެ އަމިއްލަ އަތުން ލިޔެފައިވާ ކީރިތި ގުރުއާންގެ ފުރިހަމަ ކޮޕީއެކެވެ. މިއީ އޭނާގެ އަނބިމީހާއަށް އޮތް ލޯތްބާއި، ދީނަށް އޮތް ލޯތްބާއި އިޙްތިރާމް ރަމްޒުކޮށްދިނުމުގެ ގޮތުން ކުރި ވަރަށްވެސް މާތް އަމަލެކެވެ.

މި އާދަޔާ ހިލާފު ހަދިޔާގެ ވާހަކަ ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔުމާއެކު، ގިނަ ބަޔަކު ވަނީ އެކަމަށް ތައުރީފުކޮށްފައެވެ.

ގިނަ ބަޔަކު ސިފަކުރި ގޮތުގައި މިއީ މިހާތަނަށް ފެނުނު އެންމެ އަގުހުރި އަދި އެންމެ މާނަފުން ރަނެވެ. ދުނިޔަވީ އަގުބޮޑު މުދަލާއި ފައިސާއަށްވުރެ ބޮޑަށް، އީމާންތެރިކަމާއި އިސްލާމީ އާދަކާދަތަކަށް އިސްކަންދީގެން ކުރެވުނު މި އަމަލަކީ މުޅި މުޖުތަމައަށް ލިބުނު ވަރަށް ރީތި ނަމޫނާއެއްގެ ގޮތުގައި މީހުން ދަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު