އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު މުސްލިމުން އަލްއަޤްޞާ މިސްކިތަށް ވަނުން ހަނިކުރުމަށް ރާވަމުންދާ ކަމަށް ގުދުސްގެ ކުރީގެ ގްރޭންޑް މުފްތީ ޝެއިޚް އިކްރިމާ ސަބްރީ ވިދާޅުވެއްޖެއެވެ.
އަނަޑޯލޫ އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ޝެއިޚް ސަބްރީ ވިދާޅުވީ، މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާއަށް ވަނުމަށް އިޒްރޭލުން އަޅާ މިފަދަ ހަރުކަށި ފިޔަވަޅުތަކަކީ އަޅުކަން ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށެވެ.
މި ނިންމުމަކީ އިޒްރޭލުގެ ހަރުކަށި ފިކުރުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވީރުގެ ނުފޫޒުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން މި އަހަރުގެ ރަމަޟާން މަހު އަލްއަޤްޞާ މިސްކިތުގައި ނަމާދުކުރާ މީހުންގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވާނެ ކަމަށް ލަފާކުރެވެއެވެ. އިޒްރޭލުން މިހާރުވެސް ވަނީ ގުދުސްގެ އެތައް ސަތޭކަ ޒުވާނުންނެއް މިސްކިތަށް ވަނުން މަނާކޮށް، ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް ދޭ ހުއްދަތައްވެސް ހަނިކޮށްފައެވެ.
ޝެއިޚް ސަބްރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފެށުނު ހަނގުރާމައަށްފަހު އިޒްރޭލުން ދަނީ ގުދުސްގެ މުސްލިމުންނަށް ދަތިކުރުމުގެ ގޮތުން ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.
މީގެ ތެރޭގައި މިސްކިތާ ކައިރި ހިސާބުތަކުގައި ހުރި ފަލަސްތީނު މީހުންގެ ގެދޮރު ތަޅާލުމާއި، ހަރުކަށި ޔަހޫދީން މިސްކިތުގެ ގޯތިތެރެއަށް ވަދެގަތުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. މިއީ އިސްލާމީ ވަޤުފްގެ ބާރު ކަނޑުވާލައި، އެތަނުގެ މައްޗަށް އިޒްރޭލުގެ ފުރިހަމަ ބާރު ހިންގުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން، އިސްލާމީ ގައުމުތަކުގެ ވެރިންނާއި މުސްލިމް އުންމަތުން އަލްއަޤްޞާ މިސްކިތާއި ގުދުސްގެ ހިމާޔަތުގައި ތެދުވުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝެއިޚް ސަބްރީ ވަނީ ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ މިފަދަ ނުބައި ރޭވުންތަކާ ދެކޮޅަށް މުސްލިމުން ސާބިތުކަމާއެކު ތިބެންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު