ކ. ދިއްފުށްޓަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނު އުމުރުން 49 އަހަރުގެ އަންހެން ފަތުރުވެރިއަކު އިސްލާމްދީން ގަބޫލުކޮށް، މިދިޔަ ހޮނިހިރު ދުވަހު ޝަހާދަތުގެ ދެކަލިމަ ކިޔައިފިއެވެ.
މި ފަތުރުވެރިޔާ އިސްލާމްވީ ދިއްފުށީ މިސްކިތުގައެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ދިވެހި ފިރިހެނަކު އޭނާއަށް ޝަހާދަތުގެ ދެކަލިމަ ކިޔައިދެމުން ދިޔައިރު، އޭނާ ދިޔައީ ވަރަށް ސަމާލުކަމާއެކު އެ ކަލިމަތައް ތަކުރާރު ކުރަމުންނެވެ. އިސްލާމްވި ވަގުތު އޭނާ ހުރީ ބޮލުގައި ފޮތިގަނޑެއް އަޅައި، އިސްލާމީ ރީތި އަދަބުތަކާ އެއްގޮތަށް ހެދުން އަޅައި ނިވާވެގެންނެވެ.
އިސްލާމްވުމަށްފަހު އެ އަންހެން މީހާ މިހާރު ވަނީ އޭނާގެ ނަމަކަށް "ޖަމީލާ" އިޚްތިޔާރުކޮށްފައެވެ. އޭނާ އަކީ ނޮދަން އަޔަލޭންޑަށް ނިސްބަތްވާ މީހެކެވެ.
އިތުރު ރަހުމަތްތެރިއަކާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޖަމީލާ ރާއްޖެއިން ފުރާނީ ބުދަ ދުވަހެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގައި އޮތް ހަމައެކަނި ސައްތައިން ސައްތަ މުސްލިމް ގައުމަށް ވާއިރު، ރާއްޖޭގެ ގާނޫނުއަސާސީން ވެސް ލާޒިމުކުރަނީ ރާއްޖޭގެ ރަށްވެއްސަކަށް ވެވޭނީ މުސްލިމުންނަށް ކަމަށެވެ.
މީގެ ކުރިން ވެސް ރާއްޖެއަށް ޗުއްޓީއަށް އައިސްފައިވާ ބައެއް ފަތުރުވެރިންވަނީ، ރާއްޖޭގައި ތިބެ އިސްލާމްދީން ގަބޫލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު