މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ "ރަންދިހަ ފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާގެ އާ ނޫޓުތަކެއް ރާއްޖެ ގެނެސްފިއެވެ.
އެމްއެމްއޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، 20 ރުފިޔާގެ އާ ސްޓޮކެއް ގެނައީ ބާޒާރުގައި އެ ނޫޓުތައް މަދުވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ. މީގެ ކުރިން، މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު އެމްއެމްއޭ އިން ވަނީ 100 ރުފިޔާގެ އާ ނޫޓުތަކެއް ރާއްޖެ ގެނެސްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ދެ ބާވަތުގެ ނޫޓަށް އޮތް ޑިމާންޑް ބޮޑުވީ، ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޭޓީއެމްތައް އިތުރުކުރުމާ ގުޅިގެންނެވެ.
އެމްއެމްއޭ އިން ބުނީ، މިގޮތަށް އާ ނޫޓުތައް ޕްރިންޓްކޮށްގެން ގެނައުމަކީ އިޤްތިޞާދުގެ ތެރޭގައި ދައުރުވާ ފައިސާގެ މިންވަރު އިތުރުކުރުން ނޫން ކަމަށެވެ. ނަމަވެސް، މިއީ ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގެ ހުރިހާ މަރުކަޒީ ބޭންކުތަކުން ވެސް އާންމުކޮށް ކުރަމުންދާ އިދާރީ މަސައްކަތެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
"ރަންދިހަ ފަހެއް" ނޫޓު ސީރީޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް މުނާސަބަތުގައި ނޮވެމްބަރު 1، 2015 ގައި ތައާރަފުކުރި ސީރީޒެކެވެ. މި ސީރީޒްގެ ނޫޓުތައް އާންމުކޮށް ބޭނުންކުރަން ފެށީ ޖެނުއަރީ 26، 2016 ގައެވެ. މި ނޫޓުތަކަކީ ޕޮލިމަރ ކަރުދާހުގައި، ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު ތައްޔާރުކޮށްފައިވާ ނޫޓުތަކެކެވެ.
މި ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1,000 ރުފިޔާގެ ނޫޓެވެ. "ދިވެހިންނާއި ދިވެހިރާއްޖެ" މި މައުޟޫއަށް ފަރުމާކޮށްފައިވާ މި ނޫޓުތަކުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި، ދިވެހިންގެ މަސައްކަތްތެރިކަން ފެނިގެންދެއެވެ.
ޚާއްޞަކޮށް، ފެހުރިހީގެ ފަރުމާ ހިމެނޭ 1,000 ރުފިޔާގެ ނޫޓަކީ އޭގެ ހިތްގައިމު ފަރުމާގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައިވެސް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ނޫޓެކެވެ.

ކިޔުންތެރިންގެ ހިޔާލު