އެޕިސޯޑް 19
...............
ކިހިނެއްވީ؟ ތަދުވަނީތަ ތަނަކަށް؟] ޢުބޭދު އަސްޢަދުގެ ދެކޮނޑުގައި ހިފެހެއްޓިއެވެ. އޭރު އަސްޢަދުގެ ދެލޯ ތެމިގެން ކަރުނަތައް ފައިބަން ފަށައިފިއެވެ.
ޙަފީޒާއްތަ...ގޭގައި މުޢާޒާއި ސުދާ ނޫޅެނީތަ؟] ޢުބޭދު އެއްސެވެ.
[މުޢާޒެއް ނެތް...ސުދާ ކޮޓަރީގައި އެބައުޅޭހެން ހީވަނީ.] ޙަފީޒާ ޖަވާބު ދިނެވެ. އިރުކޮޅެއްނުވެ ސުދާ އެތަނަށް އައިސް ހުއްޓުނެވެ.
[ޢުބޭދު...މިހާރަކަށް އައިސް ހާދަ ނުފެނެޔޭ...ޢުބޭދު ހީވަނީ ތަދު ބޭހެއްހެން. ނަޒްމާއާއި ދަރިންގެ ޙާލު ރަނގަޅުތަ؟] ސުދާ ލޮލުގެ ކުޑަކޮޅުން އަސްޢަދާ ދިމާއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.
[މިހާރު ވާގޮތަކީ އޮފީހުގައިވެސް މަސައްކަތް ބުރައީއޭ...އެހެން ނޫނަސް، މުޢާޒާ ސުދާއަށްވެސް އަހަރެމެން އުޅޭ ތަނަކަށް ދެވެނީކީ ނޫނިއްޔަ...އުނދޯލިވެސް ހެއްލެނީ ދެފަރާތަށޭ.] ޢުބޭދު ޖީބުން ދެހާސް ޑޮލަރު ނަގާފައި ސުދާ އަތަށް ދިނެވެ.
[ދެން ދަނީ...މުޢާޒު ގާތު ބުނާތި...މިރޭ އަހަރެން އަންނާނެޔޭ.] ޢުބޭދު ނުކުތެވެ. ސުދާ ޑޮލަރުތަކަށް ވިހަ ނަޒަރަކުން ބަލައިލިއެވެ.
[ދަރިފުޅާ...ސުދާ މަންމައަށް ފެންތަށްޓެއް ގެނެސްދީބަލަ.] ޙަފީޒާ އެދުނެވެ. ސުދާ އަސްޢަދަށް ބަލައިލުމަށްފަހު، ހިތިގޮތަކަށް ހީލަމުން ހިނގައިގަތެވެ. ގައިމެވެ. އޭނާ އެދިނީވެސް ނާމާން ސިގްނަލެކެވެ. ކަމެއް ކުރުމުގެ ކުރިން އިންޒާރު ދިނުމުގެ ބާރު މިއަދު އޭނާއަށް ލިބިފައިވެއެވެ. ނަމަވެސް އެއީ އަސްޢަދު ރަނގަޅު ވަންދެނެވެ. އަސްޢަދަށް ވާހަކަ ދެއްކޭނަމަ، އޭނާއަށް އެ އިންޒާރުދީ، ކުރިމަތީގައި ބާރު ދައްކާކަށް ނުކެރުނީހެވެ.
ދަންވަރެވެ. ހިމޭންކަމުގެ ސާލެއް ފަތުރާފައިވާ ގޭތެރޭގައި ސުދާވެސް އޮތީ ހިމޭނުންނެވެ. ހީވާކަހަލައެވެ. އޭނާ ކޮންމެވެސް ވަގުތަކަށް އިންތިޒާރު ކުރަނީއެވެ. ގޭގެ އެންމެން ނިންޖާއެކު ފުން އަރާމު ޙިއްޞާ ކުރަމުންދާއިރުވެސް އޭނާ އެއޮތީ ކޮންމެވެސް ފިކުރެއްގައެވެ. ގައިމެވެ. އޭނާ ކޮންމެވެސް ކަމެއް އެބަ ރާވައެވެ. އެހެން ނޫންނަމަ، އޭނާ އިރުއިރުކޮޅާ ގާތުގައި ނިދާފައި އޮތް މުޢާޒާ ދިމާއަކަށް ނުބަލާނެއެވެ. އެހެން އިރުކޮޅެއް ވަންދެން އޮވެފައި، އޭނާ މަޑުމަޑުން ތެދުވެއްޖެއެވެ. އެއަށްފަހު، އޭނާ ހިނގައިގަތީ ކޮޓަރިތެރޭ ހުރި އަލަމާރިއާ ދިމާއަށެވެ. އޭނާ އެދިޔަ ގޮތަށް ގޮސް އަލަމާރި ހުޅުވައިފިއެވެ. ދެން އޭނާ ބަލައިލީ އަނެއްކާވެސް ނިދާފައި އޮތް ފިރިމީހާއަށެވެ. ސުދާގެ އެ ޙަރަކާތްތަކުން ހީވަނީ އޭނާ މުޢާޒަށް ސިއްރުން ކޮންމެވެސް ކަމެއް ކުރަން އުޅޭހެނެވެ. ވީވެސް އެހެންނެވެ. އޭނާ އަލަމާރި ހުޅުވާފައި އޭގެތެރެއިން ކޮންމެވެސް އެއްޗެއް ނެގިއެވެ. އެ ނެގި އެއްޗެއް ހިފައިގެން ފުރަތަމަ އޭނާ ނުކުތީ ބޭރަށެވެ. އޭރު ގާތްގަނޑަކަށް ގަޑިން މެންދަމުން އަނބުރާ ދޭއްޖަހާ ބޮޑުވެދާނެއެވެ.
ބޭރަށް ނުކުމެފައި ދެން އޭނާ ގެޔަށް އައިސް ވަންއިރަކު އޭނާގެ އަތަކު އެކައްޗެއްވެސް ނެތެވެ. އޭނާ ފުރަތަމަ ނިދާބޮކިވެސް ނިއްވައިލާ ފިރިމީހާ ގާތުގައި އޮށޯވެއްޖެއެވެ. ހަމައެޔާއެކު، ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް ފައިދާވި ކަހަލައެވެ. އެހެންކަމުން، އޭނާ އެނދުގައި ބުރަކަށި ޖައްސާލުމަށްފަހު، ވަގެކޭ، ވަގެކޭ ކިޔައި ހަޅޭއްލަވަމުން ތެދުވެއްޖެއެވެ. އޭނާގެ އަޑަށް ގާތުގައި އޮތް މުޢާޒަށްވެސް ފުންމައިގެންފައި ތެދުވެވިއްޖެއެވެ.
[ވަގެކޭ...ކޮބައިތަ ތި ބުނާ މީހަކު.] މުޢާޒު ތެދުވެ ހޮޅިބުރި ދިއްލިއެވެ. އޭރު ސުދާ ހުޅުވިފައި ހުރި ދޮރާ ދިމާއަށް އިނގިލި ދިއްކުރިއެވެ.
[އެމީހާ ނިކަން ބާރަށް ދުވެފައި ނުކުމެއްޖެ.] ސުދާ މާނޭވާލެވޭގޮތް ދެއްކިއެވެ. އެވަގުތު ހުޅުވާފައި ހުރި އަލަމާރި މުޢާޒަށް ފެނުނެވެ. މުޢާޒުގެ ދެލޯ ބޮޑުވިއެވެ. އޭނާ ތެޅިފޮޅެމުން އަލަމާރިއާ ދިމާއަށް ދުއްވައިގަތެވެ. ފަހަތުން ސުދާވެސް ދިޔައެވެ.
[މީގައި ހުރި ޑޮލަރުތަކެއް ނެތް....] މުޢާޒަށް ގޮތް ހުސްވި ކަހަލައެވެ. އޭނާގެ ސިކުނޑި ސުމަކަށްދިޔައެވެ. އަލަމާރީގައި ހުރި ހުރިހާ އެއްޗެއް އެފުށް މިފުށަށް ޖެހުނެވެ. ސުދާވެސް އެމަސައްކަތުގައި ބައިވެރިވެ ތެޅިފޮޅުނެވެ. މުޢާޒަށް އެމީހަކު އަތުލަން ދުއްވައިގަންނަން އެނގުނީވެސް އެއަށްފަހުގައެވެ. ނަމަވެސް، އޭނާއަކަށް މީހެއްގެ ހިލަންވެސް ނުވިއެވެ. އެންމެފަހުން މުޢާޒު މާޔޫސްވެއްޖެއެވެ.
އޭނާ އަސްޢަދު ގޮވައިގެން ފަރުވާއަށް ދާން ޖަމާކުރި ހުރިހާ ފައިސާތަކެއް ވަގުކަލޭގެގެ މިލްކަކަށްވީއެވެ. އެވަރަށް ފައިސާ ޖަމާކުރަން އަނެއްކާ އޭނާއަށް މަދުވެގެން އެއްއަހަރު ދުވަސް ބޭނުންވާނެއެވެ. އެދުވަހު ވީވަރުގެ ދެރައެއް ދުވަހަކުވެސް އޭނާ ނުވާކަމަށްވެއެވެ.
[އަހަރެންގެ ބޯ ހަލާކުވެއްޖެ...ދެން އެ ފެންނާނެބާ؟ މުޅި ޙަޔާތުގައިވެސް މިވަރުގެ ދެރައެއް އަހަރެން ނުވޭ.] މުޢާޒު ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ޢުބޭދާއެވެ. ޢުބޭދުވެސް ހުރީ ވަރަށް ދެރަވެފައެވެ.
އެދަތުރަށްޓަކައި އޭނާވެސް ވީވަރަކުން މުޢާޒަށް އެހީތެރިވެދީފައިވެއެވެ.
[މާލެއިން އޮޕަރޭޝަން ކުރެވޭތޯ މަސައްކަތް ކުރަންވީނު.] ޢުބޭދު ލަފާދިނެވެ.
[މާލެއިންވެސް ކުރެވޭނީ އެއްވެސް ވަރަކަށް އަތުގައި ފައިސާ ހުރެގެނެއްނު. ވަރަށް ދެރަވެއްޖެ. އަސްޢަދުވެސް ވަރަށް އުންމީދުކޮށްގެން ހުރީ އޮޕަރޭޝަނަށް ދެވޭނެ ކަމަށް.] މުޢާޒު ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ.
[އަހަރެން މީހެއްގެ އަތުން ހޯދައިދީފާނަން...މުޢާޒު މިއަދު ގޮސް އަސްޢަދު ޑޮކްޓަރަށް ދައްކައި ޑޮކްޓަރުންގެ ޚިޔާލު ހޯދާ...އޭނާއަށް ވާހަކަ ދެއްކޭވަރު ކުރެވުނަސް، އެއީ ބޮޑުވަރެއްނު.] ޢުބޭދަކީ ހެޔޮއެދޭ ރަޙްމަތްތެރިއެކެވެ. އެ މާތް ސިފަ އޭނާއަށް ލިބިފައިވަނީ އެންމެމަތީ ދަރަޖައަށެވެ. މުޢާޒާއި އޭނާގެ ޢާއިލާއަށް ކުރިމަތިވާ ހިތާމަޔަކީ އޭނާއަށްވެސް ލިބޭ ދެރައެއް ކަމަށް އޭނާ ދެކެއެވެ. އަތުގައި ނެތްއިރު މީހެއްގެ އަތުންވެސް ފައިސާ ހޯދާފައި ރަޙްމަތްތެރިޔާއަށް ފޯރުކޮށްދޭން އޭނާ ޤަޞްދުކުރީ އެހެންވެގެންނެވެ.
އެ އެހީ އަނެއްކާވެސް ލިބޭ ޚަބަރު ލިބުމުން، ސުދާ ހުރީ ޢުބޭދާ ދޭތެރޭވެސް ހިތްހަމަނުޖެހިފައެވެ.
[ޢުބޭދު ބުނި...މީހެއްގެ އަތުން ލިބޭތޯ އެބަ ބަލަމޭ. އަހަރެން މިހާރު މި ޤަޞްދުކުރަނީ މާލެއިން އޮޕަރޭޝަންކޮށް ރަނގަޅުވޭތޯ.] މުޢާޒު ވާހަކަ ދެއްކީ ބައްޕައާއެވެ. އޭރު ސުދާވެސް އެ އަޑު އިވޭ ހިސާބުގައި ހުއްޓެވެ.
[މިރަށުން ވާނެތަ އެއްވެސް ވަރެއް؟] ޒަކީ އެއްސެވެ.
[ވާހަކަ ދެއްކުނަސް، ލައްކަ ވަރެއްނު އެއީ. މާދަމާ ދާނަން އަސްޢަދު ގޮވައިގެން ހޮސްޕިޓަލަށް.] މުޢާޒު ބުންޏެވެ. ސުދާއަށް ދެފަރާތަކަށް ބޯހޫރާލެވުނެވެ.
[ސުދާ އަހަރެން އަންނާނަން އޮފީހަށް ވަދެފައި...ދެންމެއަކު އޮފީހުން ގުޅި....] މުޢާޒު ތެދުވިއެވެ.
[ނުކައިތަ ދަނީ؟ ކާންވެސް ހަދާފައި ހުރީ؟] ސުދާ ބުންޏެވެ. ކާން އެބަ އަންނަމޭ ބުނެފައި، މުޢާޒު ނުކުމެއްޖެއެވެ. މުޢާޒުގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށީ އޭނާ ސައިކަލަށް އަރާ ނައްޓާލަން އުޅެނިކޮށެވެ. އޭނާ ފުރަތަމަ ބެލީ ކޮން ނަންބަރެއްތޯއެވެ. ނަންބަރު އެނގުމާއެކު އޭނާ ފޯނު ކަނޑާލިއެވެ.
ގުޅީ ފިރާޝާއެވެ. ވެދާނެއެވެ. ފިރާޝާ މާފަށް އެދެން ބޭނުންވަނީއެވެ. މީގެކުރިންވެސް އެތައް ފަހަރަކު އެ ނަންބަރުން އޭނާއާ ގުޅޭތޯ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް، ކޮންމެ ފަހަރަކުވެސް ނަންބަރު އަރާއިރަށް އޭނާ ކަނޑާލަނީއެވެ. ނުވަތަ އޮފްކޮށްލަނީއެވެ. ސައިކަލް ދުއްވާލުމާއެކުހެން އަނެއްކާވެސް ފޯން ރިންގްވާން ފަށައިފިއެވެ. ނަމަވެސް، އޭނާ އަޑުއިވޭ ކަމަށްވެސް ނެހެދުނެވެ. މެދުނުކެނޑި ރިންގްވާތާ ދިހަވަރަކަށް މިނެޓްވުމުން، މުޢާޒު ގާތަށް ރުޅިއައެވެ.
[ކިހާބޮޑު ކަމެއް...އަނެއްކާވެސް އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަންވީތަ؟] ފޯނުގެ ފެހި ފިތަށް ފިތާލަމުން އޭނާ ހަރުއަޑުން ހަޅޭއްލަވައިގަތެވެ.
[ބައްޕާ....ކޮއްކޮ ބައްޕަމަތިން ހަނދާންވަނީ....] އެއީ އޭނާ ނުހަނު ލޯބިން ދަރިއެއްގެ ގޮތުގައި ދެކި، ލޯތްބާއި ކުލުނު ދިން ފިރާޝާގެ ދަރިފުޅުގެ އަޑެވެ. އޭނާއަށްވެސް ޤަބޫލު ކުރެވެއެވެ. އެ މަޢުޞޫމް ކުއްޖާގެ އެއްވެސް ކުށެއް ނެތެވެ. މަންމަކުރި ކުށުގެ އަދަބު އެ ތުއްތު ކުއްޖާއަށް ލިބުމުގެ އެއްވެސް ޙައްޤެއް ނޯންނާނެއެވެ.
[ބައްޕީ...ކޮއްކޮއާ ވާހަކަ ދައްކަބަލަ...] އެކުއްޖާގެ އަޑުގައިވަނީ ހިތާމައިގެ އަސަރެވެ. ބައްޕައަށް އެދި ނިކަން ގިނައިރު ރޮއިފައިވާކަން ދޭހަވެއެވެ. މުޢާޒަށް އާގަމަވެފައި ފޯނު ކަންފަތުގައި ޖަހައިގެން ހުރެވުނެވެ.
[އަޅެ ބައްޕީ....ކޮއްކޮއާ ވާހަކަ ދައްކަބަލަ.] ދެންވެސް އިވުނީ ކުއްޖާގެ އަޑެވެ.
[ދަރިފުޅު ކިހިނެއްވީތަ؟] މުޢާޒަށް ބޭއިޚްތިޔާރުގައި ވާހަކަ ދެއްކުނެވެ. ޙަޤީޤަތުގައި އޭނާ މިހާރު ފިރާޝާދެކެ ކިތަންމެ ރުޅިއަޔަސް، އަދިވެސް އެ ދަރިފުޅުދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ.
[ބައްޕީ...ކޮއްކޮ ބައްޕީ ދެކޭހިތްވަނީ...ދެކޭހިތްވަނީ...] ދަރިފުޅުގެ މަޢުޞޫމް އަޑު އަނެއްކާވެސް އިވުނެވެ.
[ދެރަނުވޭ ދަރިފުޅާ....ބައްޕީ މިދަނީ....] ދަރިފުޅުގެ އާދޭހުގެ އަޑުއަހާކަށް މުޢާޒަކަށް ކެތެއް ނުކުރެވުނެވެ. އޭނާއަށް މަޖުބޫރުވީ ދަރިފުޅު ދުށުމަށްޓަކައި އެގެޔަށް ދިޔުމަށެވެ.
އެދުވަހު އޭނާ ފިރާޝާމެން ގެޔަށް ގޮސް ދަރިފުޅާ ބައްދަލުވެސް ކުރިއެވެ. ނަމަވެސް، އޭނާ ފިރާޝާއާ އަނގަޔަކުންވެސް ނުބުނެއެވެ. ދަރިފުޅު ހިތްހަމަޖެހެންދެން ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށްފަހު، އޭނާ ގެޔަށް ދިޔައީވެސް ފިރާޝާއާ ދިމާއަށް ބަލައިވެސްނުލައެވެ.
އެހެންކަމުން، އެއީވެސް މިހާރު އެކަނިވެރިކަމާއި ނިކަމެތިކަން ޙިއްޞާ ކުރަމުންދާ ފިރާޝާއަށް ލިބުނު އިތުރު ހިތްދަތިކަމެކެވެ. މުޢާޒު އެގެއިން ނުކުތުމާއެކު، އޭނާގެ ބަޑި ފަޅައިގެން ދިޔައީވެސް އެހެންވެގެނެވެ. ޙަޤީޤަތުގައި އޭނާ ހީކުރިއެވެ. ދަރިފުޅާ ވާހަކަ ދައްކާ ލޯބިކުރިގޮތަށް މުޢާޒު އޭނާއާވެސް ވާހަކަ ދައްކާނެއެވެ. މަޢާފަށް އެދޭނެ ފުރްޞަތު ދޭނެއެވެ.
[ފިރާޝާ ކީއްވެތަ ތި ރޮނީ؟] އޭނާގެ މަންމައަށް އެ މަންޒަރު ފެނި، މަންމަ އެއްސެވެ. ފިރާޝާ މަންމައަށް ފޮރުވުމަށްޓަކައި ދެލޯ ފޮހެލިއެވެ. އަދި ނުރޮމޭ ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ.
ސުދާ އަދިވެސް ވިސްނަނީއެވެ. އޭނާގެ މުސްތަޤްބަލް ބިނާކުރަން ދެން އޮތީ ކޮންގޮތެއްތޯއެވެ. ހީވާކަހަލައެވެ. އޭނާއަށް ހުރިހާ ދޮރެއްވެސް ބަންދުވަނީއެވެ. ނަމަވެސް، އެކަން އެހެންވިޔަދޭކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ.
ދެން އޮތް ޙައްލަކީ އަސްޢަދުގެ ދުވަސް ދުއްވައިލާ، އޭނާގެ ވަސްވެސް މިދުނިޔެމަތިން ފޮހެލުން. އެހެން ނޫނީ އެއްވެސް މިނިވަންކަމެއް ނެތް.] ސުދާއަށް ހިތާހިތާ ކިޔުނެވެ. ޙަޤީޤަތުގައި މިހާރު އޭނާ ހުންނަނީ ވަރަށް ބޮޑަށް ހާސްވެ ނިކަން ކަންބޮޑުވެ، ފިސާރި މާޔޫސްވެފައެވެ. މީގެކުރިންވެސް އަސްޢަދުގެ ކިބައިން ސަލާމަތްވުމަށް އޭނާ ކުރި ގިނަ މަސައްކަތްތައް ވަނީ ނާކާމިޔާބުވެ ބޭކާރުވެފައެވެ.
[މިހާރަކަށް އައިސް ހާދަ ފިކުރުބޮޑުވެފައި ދަރިފުޅު ހުންނަހެން ހީވެޔޭ...އަނެއްކާ ދަރިފުޅު ކަމަކަށް ބޭނުންވެ، އެކަމެއް ޙާޞިލް ނުވެގެން އުޅެނީތަ؟] މުޢާޒަށްވުރެން މުޢާޒުގެ ބައްޕަ ޒަކީ މާރަނގަޅެވެ. އޭނާ ފިސާރި ރަނގަޅަށް ސުދާގެ އިޙްސާސްތައް ދެނެގަތެވެ.
[ނޫން....އަހަރެން އެއްވެސް ކަމަކަށް ބޭނުންވެގެނެއް ނޫޅެން.] ސުދާ ތެޅިގަތެވެ.
[އެކަމަކު ދަރިފުޅާ...މި ބައްޕައަކީ ނިކަން ރަނގަޅަށް މީހުންގެ އިޙްސާސްތައް ދެނެގަންނަ މީހެއް.] ޒަކީއަށް މިހެން ބުނެވުނު ވަގުތު މުޢާޒު ތެޅިފޮޅެމުން އައިސް ގެޔަށް ވަނެވެ.
[ޢުބޭދު ނާދޭތަ؟] ސުދާއާ ދާދި ގާތަށް ހުއްޓެމުން މުޢާޒު އެއްސެވެ.
[ނާދޭ ޢުބޭދެއް...އެކަމަކު އެއްފަހަރު ގުޅި. ބުނީ މުޢާޒު ފޯނު އޮފްކޮށްފައޭ އޮތީ...ތެދެއްތަ އެއީ.] އޮޅުންފިލުވައިދިނުމަށްފަހު ސުދާ ބުންޏެވެ. މުޢާޒު ޖީބުގައި އޮތް ފޯނު ނެގިއެވެ. ތެދެކެވެ. އޭނާއަށް ނޭނގި ފޯނު އޮތީ އޮފް ކުރެވިފައެވެ. މުޢާޒު ފޯނު އޮން ކޮށްލުމަށްފަހު، ކޮޓަރިއަށް ވަނެވެ. ފަހަތުން ސުދާވެސް އައިސް ވަދެއްޖެއެވެ. ޙަޤީޤަތުގައި މިހާރު ސުދާ ހާސްވެގެން ތެޅިފޮޅެނީއެވެ.
[އަސްޢަދު ޑޮކްޓަރަށް ދައްކަނީ ކޮންއިރަކުންތަ؟] ސުދާ ހިތް އަވަސްވާން ފެށިއެވެ.
[މާދަމާ ދެއްކީމަ އަދި އެނގޭނީ އޮޕަރޭޝަނަކުން ފަރުޖެހިދާނެކަންވެސް.] މުޢާޒު އޮށޯވެލިއެވެ. ދަރިފުޅު އަޒްހާނާ ދޭތެރޭ މާބޮޑަށް ވިސްނެން ފެށީ އެދުވަހުއެވެ. ކުޑަކުޑަ އަޒްހާންގެ ހިތްގައިމު ޙަރަކާތް، ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހިތުގައި ބިންވަޅު ނެގުނު ކަހަލައެވެ.
[ސުދާ...އަހަރެން މިއައީ ފިރާޝާމެން ގެޔަށް ގޮސް އަޒްހާނާ ބައްދަލުކޮށްފަ....އަޒްހާން ހާދަ އުޅުނޭ އަހަރެން ދޫނުކުރަން. ސުދާ....އެސޮރު އަހަރެންދެކެ ހާދަ ލޯބިވެޔޭ.] މުޢާޒު އިރުކޮޅެއް ވަންދެން ވިސްނަން އޮވެފައި ބުންޏެވެ.
[މުޢާޒު މިހާރު އެގެޔަށްވެސް ދަނީތަ؟] ސުދާ ހިތްހަމަނުޖެހުނެވެ. އެވަގުތު ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާލިއެވެ. ސުދާ ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ ޢުބޭދެވެ. ޢުބޭދު ހުރީ ހިނިއައިސްފައެވެ.
[އަނހަ ޢުބޭދު...އާދޭ އެތެރެއަށް....ކޮބާ ހަމަޖެހުނުތަ؟] މުޢާޒު ތެދުވިއެވެ. ޢުބޭދު އެތެރެއަށް ވަނެވެ.
[އާނ...ހަމަޖެހިއްޖެ...މާދަމާ އަސްޢަދު ޓެސްޓް ހަދައި އޮޕަރޭޝަނަށް ތައްޔާރު ކުރާތި.] ޔަޤީންކަމާއެކު ޢުބޭދު ބުންޏެވެ. އެވަގުތު އެތާނގައި ހުރި ސުދާއަށް ހީވީ ޢުބޭދު އޭނާއަށް އިންޒާރެއް ދިންހެންނެވެ.
ސުދާގެ ބައްޕަ ވަސީމް އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމުގައިވާ ޢަލިމަނިކާއެކު އައިސް ގެޔަށް ވަނީ މުޢާޒާއި ޢުބޭދު ވާހަކައިގައި ތިއްބައެވެ. ޢަލިމަނިކަކީ ކައިރި ރަށެއްގެ ނިކަން މޮޅަށް ފަންޑިތަ ދަންނަ ކަމަށް މަޝްހޫރުވެފައިވާ މީހެކެވެ. ވަސީމް އޭނާ ދަންނަން ފެށީ ވަސީމްމެން ރަށަށް ފަންޑިތަވެރި ކަމެއްގައި ޢަލިމަނިކު ގޮސް އުޅުމުގެ ތެރޭގައެވެ.
[ދަރިފުޅާ ސުދާ.....] މެދުގޭތެރޭން ވަސީމް ގޮވާ އަޑަށް ސުދާ އޯއިއޭ ބުނެފައި ހިނގައިގެންފިއެވެ. އޭރު ސިޓިންގރޫމްގައި ޢަލިމަނިކު އިނެވެ.
ކޮޓަރި ދޮރުމައްޗަށް އެރުމާއެކު، ސިޓިންގރޫމްގައި އިން ޢަލިމަނިކު ސުދާއަށް ފެނި އޭނާ ހުއްޓުނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް އޭނާއަކަށް ނުކެރުނެވެ. ހީވެއެވެ. އޭނާ ބިރުގަތީއެވެ. ޢަލިމަނިކުގެ މޫނުމަތިން އޭނާއަށް ފެނުނީ އިންޒާރުގެ ނިޝާންތަކެވެ.
[ދަރިފުޅާ އައިސް ޢަލިމަނިކުބެއަށް ސައި ހަދާބަލަ.] ވަސީމް އެދުނެވެ. ދޮރުމަތީ ޢަލިމަނިކަށް ނުފެންނަ ފަށުގައި ހުއްޓިހުރި ސުދާއަށް ތެޅިގަނެވުނެވެ.
ސުދާ ނިކަން ބާރަށް ހިނގާފައި ގޮސް ޢަލިމަނިކު ހުރަސް ކުރިއެވެ. ޢަލިމަނިކަށް އޭނާގެ މޫނު ނުފެންނާނެހެނެވެ.
ނަމަވެސް، އެވަގުތު ޢަލިމަނިކަށް އޭނާގެ މޫނު ފެނުނެވެ. އިންތިހާއަށް ހާސްވުމުގެ ސަބަބުން ރަތްވެފައިވާ ސުދާގެ މޫނުމަތިން އާދަޔާ ޚިލާފު އެތައް ކަމެއް އޭނާއަށް ފާހަގަކުރެވުނެވެ. އެހެންކަމުން، ދެވަނަފަހަރަށް އެ މޫނު ދުށުމަށް އޭނާ ބޭނުންވިއެވެ. ހަތަރުކަޅި ހަމަކޮށް ސީދާ ސުދާގެ ލޮލަށް ބަލައި، އެ ލޯތެރޭން ކަންތައްތަކެއް އެނގިގަންނަން އޭނާ ބޭނުންވެއެވެ. އެހެންކަމުން، ސުދާދިޔަ ފަސްވެސް އޭނާ ނިކަން ރަނގަޅަށް ބެއްޔެވެ.
[އެދިޔައީތަ ވަސީމްގެ ދަރިފުޅަކީ!؟] ޢަލިމަނިކު އެއްސެވެ. ކޮންމެވެސްވަރެއްގެ ޙައިރާން ކަމެއް ޙިއްޞާ ކުރަމުންނެވެ.
[އާނ...އަހަންނާ ވައްތަރުވީދޯ؟] ވަސީމް ޖަވާބުދެމުން އެއްސެވެ. ޢަލިމަނިކު ބޯޖަހާލިއެވެ. ޙަޤީޤަތުގައި ހިތުގައި އުފެދުނު ޝައްކެއްގެ ސަބަބުން އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
[އެހެން ފަހަރަކުން އަންނާނަން...އިހަށް މިވަގުތު އަހަރެން ދަނީއޭ.] ޢަލިމަނިކު ތެދުވިއެވެ.
[ނޫނޭ.....ތިޔަހެން އެއްގޮތަކަށްވެސް ކަމަކުނުދާނެ. ކޮންމެވެސް އެއްޗެއް ބޯލައިގެން ދާންވާނީ. އެ މަންޖެ މިހާރު ސައި ހަދާ ނިންމާލަފާނެ...އަންނާނަން ބަލާފައި.] ޢަލިމަނިކު ހުއްޓުވުމަށްފަހު، ވަސީމް ކާގެޔާ ދިމާއަށް ހިނގައިގަތެވެ.
ވަސީމް ކާގެޔަށް ވަންއިރު ސައި ތައްޔާރުކޮށްފައި ހުއްޓެވެ. ނަމަވެސް، ސުދާއެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު