މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިޢުލާން ކޮށްފިއެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަމަސް ފެށުމުގެ ކުރިން ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ސަރުކާރުން ކަނޑައަޅައެވެ.
ރައީސް އޮފީހުން ބުނީ، މި ނިންމުމަކީ 2022 ވަނަ އަހަރުން ފެށިގެން ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ވަގުތުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިކަމުގެ މަގުސަދަކީ ރޯދަމަހުގެ މާތްކަމާއި، އަޅުކަންތަކަށް ފުރުސަތު ދިނުމުގެ ގޮތުން މުވައްޒަފުންނަށް ލުއި ފަސޭހަ ކޮށްދިނުމެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަސް ފެށޭނެ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ބުދަ ދުވަހުއެވެ. މިކަމާ ގުޅިގެން ރޯދަމަހުގެ ފުރަތަމަ ދުވަސް ކަނޑައެޅުމަށްޓަކައި ހަނދު ސާބިތުކުރުން އަންނަ އަންގާރަ ދުވަހުގެ ރޭ އޮންނާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ހުރިހާ ސަރުކާރު މުއައްސަސާތަކަކުންވެސް މި ގަޑިތަކަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު