ޔުނިވަރސިޓީ އޮފް ޑެލަވެއަރގެ ދިރާސާވެރިން، ފޭރު ގަހުން ފެންނަ ބާރުގަދަ މޮލިކިއުލްއެއް ބޭނުންކޮށްގެން ފުރަމޭގެ ކެންސަރަށް އުންމީދީ ފަރުވާއެއް ހޯދުމުގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބަލި ކަމަށްވާ ފުރަމޭގެ ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މި މޮލިކިއުލް، 'ނެޗުރަލް ޕްރޮޑަކްޓް ޓޯޓަލް ސިންތެސިސް' އުކުޅު ބޭނުންކޮށްގެން ލެބޯޓްރީގައި އުފެއްދޭނެ އަގުހެޔޮ އަދި ފަސޭހަ ގޮތެއް ސައިންސްވެރިން މިހާރު ވަނީ ތަރައްޤީކޮށްފައެވެ. މީގެ ސަބަބުން ގުދުރަތީ ވަސީލަތްތަކަށް ބަރޯސާވެ، ގަސްގަހާގެހިން ލިބޭ މާއްދާތައް ބޭނުންކޮށްގެން ތައްޔާރުކުރާ ކެންސަރު ފަރުވާތައް އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
ދިހަވަރަކަށް އަހަރުގެ ހޯދުންތަކުން ދައްކާގޮތުގައި، ފޭރުގަހުގައި ހިމެނޭ ބައެއް ފައިޓޯކެމިކަލްސް ނުވަތަ ގަހުން އުފެދޭ ކެމިކަލްތަކަކީ ކެންސަރު ސެލްތައް އިތުރުވުން ހުއްޓުވައިދޭ އަދި ސެލްތަކުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. ފޭރު ގަހުގެ އެކި ބައިތަކުން ނަގާ އެކްސްޓްރެކްޓްތަކުން ކެންސަރު ގަނޑުތައް ބޮޑުވުން ހުއްޓުވައިދޭކަން ލެބޯޓްރީ ތަހުލީލުތަކުން ވަނީ ސާބިތުވެފައެވެ.
މި ހޯދުމަކީ ފުރަމޭގެ ކެންސަރު ފަދަ، ފަރުވާ ހޯދަން އުނދަގޫ ބަލިތަކަށް އާ ފަރުވާތަކެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަދިވެސް އިތުރު ކްލިނިކަލް ޓްރަޔަލްތަކެއް ނުވަތަ އިންސާނުން ބޭނުންކޮށްގެން ކުރާ ތަހުލީލުތައް ބޭނުންވި ނަމަވެސް، މި ހޯދުމުގެ ސަބަބުން އަޅުގަނޑުމެން ކޮންމެ ދުވަހަކު ކައިއުޅޭ މޭވާތަކުން ކެންސަރުން ރައްކާތެރިވުމަށާއި ބަލި ތަހައްމަލުކުރާ މީހުންނަށް އާ އުންމީދެއް ވަނީ ލިބިފައެވެ. މިއީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގުދުރަތީ ވަސީލަތްތަކުން ލިބޭ މުހިންމު ފިލާވަޅެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު