ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ގދ. ތިނަދޫގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީކާއީލް ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ތިނަދޫގެ ރައްޔިތުން ތިލަފަތަށް ވޯޓުދީ، އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަކީ ރަށުގެ ތަރައްޤީއަށްޓަކައި އޮތް ވާޖިބެއް ކަމަށެވެ. އަދި މި އިންތިޚާބު "ސާދަ ސުމަކުން" ކާމިޔާބުކޮށް، ތިނަދޫ ސިޓީ ކައުންސިލަށް އާ ބާރަކާއި އާ އުއްމީދެއް ހޯދައިދިނުމަށް އޭނާ ގޮވާލެއްވިއެވެ.
ސަރުކާރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ބާއްވަން އުޅޭ ރެފަރެންޑަމްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ތުހުމަތު ކުރެއްވީ، މިއީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ހަގީގަތުގައި ޚަރަދު ކުޑަކުރަން ބޭނުންވާނަމަ، ފަސްޓްލޭޑީގެ އާއިލީ ބޭފުޅުންނަށް ޑެޕިއުޓީ މިނިސްޓަރުކަން ފަދަ ސިޔާސީ މަގާމުތައް ނުދޭނެ ކަމަށެވެ.
އަދި އެއްވެސް މެންޑޭޓެއް ނެތް ގޮތަށް ސިޔާސީ ބޭނުމަށް ވަޒީފާތައް އުފައްދައި، ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ދިއުމަކީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތާ ދެކޮޅު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މީކާއީލް ވަނީ 2026 ވަނަ އަހަރުގެ އިންތިޚާބު "ވަގަށް ނަގަން" ސަރުކާރުން ރާވަމުންދާ ކަމަށް ބުނެ، އެކަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މިފަދަ ރޭވުންތަކަށް ރައްޔިތުން ހެއްލިގެން ނުވާނެ ކަމަށާއި، އޭޕްރީލް 4 ގައި ބާއްވާ ވޯޓުން ސަރުކާރު ބޮޑުތަނުން ބަލިކޮށްލަން ޖެހޭ ކަމަށެވެ. ތިނަދޫ ސިޓީގެ ތަރައްޤީއަށް އޮތް ހަމައެކަނި މަގަކީ އެމްޑީޕީގެ ފިކުރު ކަމަށް ވިދާޅުވަމުން، އެންމެހާ ރައްޔިތުން އެކަތިގަނޑަކަށް ވެ ތިލަފަތަށް ވޯޓު ދިނުމަށް މީކާއީލްގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު