މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވޭޕްތައް ނައްތާލައިފިއެވެ.
ފުލުހުން މިއަދު ބުނީ ބަންގްލަދޭޝްގެ ޗައިއޮން، (34އ) ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު ފެނިފައިވާ 959 ނެނޯ ސްޓިކާއި، 34 ފްލޭވާއާއި، ޑިސްޕޯސަބަލް 11 ސްޓިކް މިއަދު ނައްތާލާފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި ޗައިއޮން އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، އޭނާ އަތުން އަތުލައިގަތް ވޭޕް ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.
ފުލުހުން ބުނީ ޗައިއޮން އަކީ އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ގަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރި ކުރަމުންދިޔަ މީހެއް ކަމަށެވެ.
ނައްތާލުމާ ހަމައަށް މި ވޭޕްތައް ބަހައްޓާފައިހުރީ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު