މިއީ ހިތްތަކަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނުވާނެ އަސަރުގަދަ ޚަބަރެކެވެ. މިއީ އެމެރިކާގެ އުމުރުން 96 އަހަރުގެ ދޮށީ އުމުރުގެ ފިރިހެނަކު، އިސްލާމްދީންގެ މަތިވަރިކަން ގަބޫލުކުރެވިގެން އިސްލާމްދީނުގެ ހިޔަލަށް ވަން ވާހަކައެވެ.
އިސްލާމްދީންގެ މަތިވެރި ހިދާޔަތް އޭނާއަށް ގަބޫލުކުރެވިގެން އެކަން އޭނާގެ ދަރިންނަށް ފުރަމަ ހާމަކުރުމުން، އޭނާގެ ދަރީންވަނީ އޭނާ ދީނީ އިލްމުވެރިއެއްގެ އަރިހަށް ގެންގޮސްފައެވެ.
ދީނީ އިލްމުވެރިޔާ އަރިހަށް ދިޔުމާއެކު އެމީހާ އަށް މަރުހަބާ ކިޔަމުން ޢިލްމުވެރިޔާ ވަނީ އެމީހާށް އަށް ޝަހާދަތުގެ ދެކަލިމަ ލައިދިނުމަށް އަވަސް ވެގެންފައެވެ. އެގޮތުން އެމީހާވަނީ ޝަހާދަތުގެ ދެ ކަލިމަ ކިޔައި މާތްﷲގެ ތައުހީދުގެ ދީނަށް ވަގުތުން ތަބާވެ، އިސްލާމްދީނަށް އީމާންވާކަން ޤަބޫލުކޮށް އުމުރުގެ ބާކީ އޮތް ދުވަސްތައް މަތިވެރި ހިދާޔަތުގެ އަލީގައި ސާބިތުކަންމަތީ ދެމިހުރުމަށް އަޒުމުކަނޑައަޅާފައެވެ.
96 އަހަރު ވަންދެން ދުނިޔޭގައި އުޅުމަށްފަހު، އުމުރުގެ އެންމެ ފަހު މަރުހަލާގައި މާތްﷲ އޭނާއަށް ހިދާޔަތް ދެއްކެވުމަކީ އެކަލާނގެ އަޅުންނަށް ބަހައްޓަވާ އޯގާވަންތަކަމާއި ލޯތްބާއި، ތަނަވަސް ރަހުމަތުގެ ވަރުގަދަ ހެެއްކެކެވެ.
މި އާދަޔާޚިލާފު ހާދިސާއަކީ މާޔޫސްވެފައިވާ އެތައް ބަޔަކަށް އޮތް އުންމީދުގެ މެސެޖެކެވެ.
މާތްﷲ އީ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް، އިރާދަކުރެއްވި ވަގުތެއްގައި ހިދާޔަތް ދެއްވާ ރަސްކަލާނގެއެވެ. މީހެއްގެ އުމުރުން ކިތަންމެ ދުވަހެއް ވީނަމަވެސް، ތައުބާވުމާއި ހައްގުގެ މަގަށް ރުޖޫއަވުމަށް ދުވަހަކުވެސް ލަސްނުވާނެކަން މި ހާދިސާއިން ސާފުވެގެންދެއެވެ. ސުބްހާނަﷲ! މިއީ ހަމަކަށަވަރުންވެސް އެކަލާނގެ ކުޅަދުންވަންތަކަމާއި މަތިވެރިކަން ދޭހަކޮށްދޭ، އީމާންތެރިކަން އާލާކޮށްދޭ މުހިންމު ފިލާވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު