ޖަޕާނުގެ އިޗިކާވާ ސިޓީ ޒޫގައި އުޅޭ "ޕަންޗް" ނަމަކަށް ކިޔާ ހަ މަހުގެ ކުޑަ މަކުނެއް، އޮރެންގްޓާން މަކުނު ސިފަވާ ގޮތަށް ހަދާފައިވާ ކުޑަކުޑަ ޕްލަޝް ޓޯއީއެއްގައި ބައްދައިގެން އޮންނަ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
މިދިޔަ 2025 ވަނަ އަހަރުގެ ޖުލައި މަހު އުފަންވި މި ކުޑަ މަކުނު، އުފަންވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭގެ މަންމަ ވަނީ އޭތި ދޫކޮށްލާފައެވެ. މިއާއެކު ޒޫގެ ބެލެހެއްޓުންތެރިން ވަނީ ޕަންޗް އަމިއްލައަށް ބަލާބޮޑުކުރަން ފަށާފައެވެ. މަންމަގެ ލޯބިން މަހްރޫމްވުމުން ޕަންޗަށް ދިމާވި ނަފްސާނީ ނުތަނަވަސްކަމާއި ބިރުވެރިކަން ކުޑަކުރުމަށްޓަކައި، ބެލެހެއްޓުންތެރިން އޭތި އޮންނަ ތަނުގައި އެކި ކަހަލަ ފޮތިގަނޑުތަކާއި ކުޅޭ އެއްޗެހި ބެހެއްޓިއެވެ. މިތަކެތީގެ ތެރެއިން ޕަންޗް އެންމެ ގަޔާވީ އޮރެންގްޓާން މަކުނު ސިފަވާ ގޮތަށް ހަދާފައިވާ ކުޑަކުޑަ ޕްލަޝް ޓޯއީ އަކާއެވެ. އަދި މި ޕްލަޝް ޓޯއީ އަކީ އޭގެ މަންމަ ފަދަ ގާތް އެއްޗެއްގެ ގޮތުގައި ބަލައިގެންފައިވެއެވެ.
އެކްސް (ކުރީގެ ޓްވިޓާ) ގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޕަންޗް ނިދާއިރުވެސް އެ ޕްލަޝް ޓޯއީގައިގަ ބައްދައިގެން އޮންނައިރު، އެހެން މަކުނު ތަކާއެކު އުޅޭ ވަގުތުތަކުގައިވެސް މަކުނު ސިފަވާގޮތަށް އޮތް ޕްލަޝް ޓޯއީ ހިފައިގެން ހިނގާބިނގާވެ އުޅެއެވެ. ޒޫގެ އިސްވެރިން ވިދާޅުވާ ގޮތުގައި، މިހާރު ޕަންޗް އެހެން މަކުނުތަކުގެ ގްރޫޕަށް ހޭނުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އޭތި މަޑުމަޑުން އެހެން މަކުނުތަކާ އެކުވެ، އިޖުތިމާއީ ގޮތުން ކުރިއެރުން ހޯދަމުންދާ މިންވަރު ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު