ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ރޭ ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 22:00 ގައެވެ.
މާދަމާ ރޭ ބާއްވާ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގައުމީ މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދުމަށެވެ. އަދި މިކަމުގައި އެމްޑީޕީން ރަސްމީކޮށް އަމަލުކުރާނެ ގޮތެއް ނިންމުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުން އެ ޕާޓީން މިހާތަނަށް ރަސްމީ ނިންމުމެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން، އިންތިހާބުތައް އެއްކޮށްލުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރިއިރު، ސިޔާސީ ޕާޓީތަކަށް ދިން ފުރުސަތުގައި އެމްޑީޕީން ބައިވެރިވިއެވެ. ނަމަވެސް، އެމްޑީޕީގެ މަންދޫބުން އެ ބައްދަލުވުން ދޫކޮށް ނިކުތީ، ޕާޓީގެ އެތެރޭގައި މަޝްވަރާ ކުރުމުގެ ފުރުސަތު ނުދީ ކުއްލިއަކަށް ކޮމިޓީއަށް ހާޒިރުވާން އެންގުމުންނެވެ. އެ ޕާޓީން ބުނެފައިވަނީ ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް އަވަސް އަރުވާލައިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު