އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅޭގޮތުން އެމެރިކާއިން މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް، މި ހަފްތާގެ ތެރޭގައި އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސީއެންއެންއާ ހަވާލާދީ މި ޚަބަރުގައި ބުނެފައިވަނީ، ހަމަލާދިނުމަށް ބޭނުންވާ އަސްކަރީ ތައްޔާރުތައް ފުރިހަމަވެފައިވީ ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އެކަމަށް ރަސްމީ އަމުރެއް ނުދެއްވާ ކަމަށެވެ.
މީގެ އިތުރުން، އެމެރިކާގެ އަސްކަރީ ބާރުތައް މެދުއިރުމަތީގެ ބޭސްތަކުގައި ވަރުގަދަކޮށް، ހަނގުރާމައަކަށް ތައްޔާރުވަމުންދާ މަންޒަރުތައް ފެންނަތާ މަހެއްހާ ދުވަސް ވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން އިޒްރޭލުން ވަނީ "ސްޓޭޓް އޮފް މެކްސިމަމް އެލާޓް" ނުވަތަ އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ހާލަތު އިއުލާންކޮށްފައެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހޯމް ފްރަންޓް ކޮމާންޑާއި ރެސްކިއު އޭޖެންސީތަކަށް، އީރާނާ އެކު ކުރިމަތިވެދާނެ ހަނގުރާމައަކަށް ފުރިހަމައަށް ތައްޔާރުވެ ތިބުމަށް އަމުރުކުރައްވާފައެވެ. އިޒްރޭލުގެ ސަލާމަތީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި، އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން ދެކޮޅު ހަދާތީ، ވަރަށް އަވަހަށް ހަމަލާއެއް އަތުވެދާނެއެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާއިން އިސްވެ އީރާނަށް ހަމަލާދިން ކަމުގައި ވިޔަސް، އީރާނުން އޭގެ ރައްދުގައި އިޒްރޭލަށް ހަމަލާދޭނެ ކަމަށް ބެލެވެއެވެ. އެހެންކަމުން، ފުރިހަމަ ހަނގުރާމައަކަށް ތައްޔާރުވުމަށް ކެބިނެޓް ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު