ޕާކިސްތާނުގެ ހާފިޒްއާބާދުގައި ދިރިއުޅޭ އުމުރުން ދުވަސްވީ ހަތަރު އަންހެނަކު، 11 އަހަރުވަންދެން ކުރި ބުރަ މަސައްކަތުން ރައްކާކުރި ފައިސާއިން މިސްކިތެއް ބިނާކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
މި އަންހެން ކަނބަލުން މި މިސްކިތް ބިނާކޮށްފައިވަނީ ހަމައެކަނި ދީނީ މަތިވެރި މަގްސަދެއްގައި، އެކަނބަލުންގެ އަތްމަތީގައި ހުރި މަދު ފައިސާކޮޅު އިޚްލާސްތެރިކަމާއެކު ރައްކާކޮށްގެންނެވެ. މިއަދު މި މިސްކިތް ފެންނަން ހުރީ އެކަނބަލުންގެ ހިތްވަރާއި، ދީނަށް އޮތް ލޯތްބާއި، ކެތްތެރިކަމުގެ ރީތި ނަމޫނާއެއްގެ ގޮތުގައެވެ.
މި މިސްކިތް ބިނާކުރުމުގެ އިތުރުން، އެ ތަނުގެ ހިންގުމުގެ ކަންކަން ބެލެހެއްޓުމުގައިވެސް މި ހަތަރު އަންހެނުން އަންނަނީ އިސްދައުރެއް އަދާކުރަމުންނެވެ.
އެގޮތުން މިސްކިތުގެ އިމާމުގެ މުސާރަވެސް އަމިއްލަ ޖީބުން ޚަރަދުކޮށްގެން ދެމުންދާއިރު، މިއީ އެކަނބަލުންގެ ފަރާތުން މުޖުތަމައަށް ދޫކޮށްލި ވަރުގަދަ މެސެޖެކެވެ.
ކުދިކުދި މަސައްކަތްތަކުން ފެށިގެން، ދެގޮތެއްނުވެ ސާބިތުކަމާއެކު ކުރިއަށްދާނަމަ ބޮޑެތި ކާމިޔާބީތައް ހާސިލްކުރެވޭނެކަން މި އަންހެން ކަނބަލުން ވަނީ ސާބިތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު