ރަމަޟާން މަހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމުގެ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ހާމަކަން ބޮޑު ގޮތެއްގައި ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑރ. ޝަހީމް ވިދާޅުވީ، ރަމަޟާން މަހަކީ އިސްލާމީ އަގީދާއާއި، ސަގާފަތާއި، އިސްލާމީ އުންމަތުގެ ވަރަށް މަތިވެރި މޫސުމެއް ކަމަށާއި، މި މާތްވެރި މައްސަރުގެ ހުރުމަތް ދެމެހެއްޓުމަށް ހުރިހާ ދިވެހި ރައްޔިތުންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
ވަކިން ހާއްސަކޮށް ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްތަކުގައި، ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވައިގެން ދުވާލު ވަގުތު ފަތުރުވެރިންނަށް ކާންދިނުމާއި، ހާމަކަން ބޮޑު ގޮތެއްގައި އެކަންކަން ކުރުން ހުއްޓާލަންޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ފަތުރުވެރި ޣައިރު މުސްލިމުންނަށް މެހުމާންދާރީ ނުވަތަ ފަތުރުވެރިކަމުގެ ހިދުމަތް ދޭނަމަ އެ މީހުންނަށް ހާއްސަ އިންތިޒާމެއް އެ މީހުން ދިރިއުޅޭ ތަނުގެ ތެރޭގައި، އާންމުންނަށް ނުފެންނަހެން އިންތިޒާމް ކުރެވިދާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރަމަޟާން މަހުގެ މަތިވެރިކަމާއި ހުރުމަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް އެކަންކަން ކުރިއަށް ގެންދިއުމަކީ އެއްވެސް ހާލެއްގައި ހުއްދަވާނެ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިކަމާ ގުޅޭގޮތުން ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ރަށްރަށުގެ ކައުންސިލްތަކުން ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ. އަދި އެ ގަވާއިދުތަކަށް ވުރެ އަޅުގަނޑުމެންގެ އަގީދާގެ މަތިވެރިކަން މާ ބޮޑު ކަމަށާއި، މާތް الله سبحانه وتعالى އަށް އަދާކުރަންޖެހޭ ވާޖިބުތައް މާ މަތިވެރިކަން ހަނދާން ކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދީނަށް ވުރެ ވަކި މުހިންމު ކަމެއް އަޅުގަނޑުމެންނަށް އޮވެގެން ނުވާނެ. މިކަންކަމުގެ ހުރުމަތްތެރިކަން ކެނޑި ހިނގައްޖެ ކަމުގައިވާނަމަ، ހެދިބޮޑުވަމުން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނާ މެދު އޮންނަ ހައިބަތާއި ގަދަރު ނެތިގެން ހިނގައިދާނެ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މުޖުތަމައުގެ އިސްލާމީ ޝިއާރު ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި، ފަރުދީ ޒިންމާ އުފުލުމަށް ޑރ. ޝަހީމް ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ

ކިޔުންތެރިންގެ ހިޔާލު