އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހުގެ 25 އިން 26 އަށް އިސްރާއީލަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ވަނީ ހަމަޖެހިފައި ކާމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ހާއްސަކޮށް އެންޓި-ބެލިސްޓިކް މިސައިލް ޑިފެންސް ސިސްޓަމްތަކާއި، ލޭޒާ ހަތިޔާރުގެ އިތުރުން ދުރު ރާސްތާގެ މިސައިލާއި ޑްރޯން ފަދަ ޒަމާނީ ވަސީލަތްތައް ގުޅިގެން އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކޮށް ކުރިއަށް ދިއުމެވެ.

މި ދަތުރުފުޅުގައި ސަލާމަތީ ކަންކަމާ ގުޅޭ ފަހުމުނާމާއެއްގައި ދެ ގައުމުން ސޮއިކުރާނެ ކަމަށް ބެލެވުނު ނަމަވެސް، ވަކި ހާއްސަ ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައެއް ނުވެއެވެ. ސަބަބަކީ ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ ގުޅުމަކީ މެދުނުކެނޑި ކުރިއަށްދާ ވަރުގަދަ މަސައްކަތަކަށް ވެފައި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މި ގުޅުމުގެ އަގު ގާތްގަނޑަކަށް 10 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭތީއެވެ.

މި ދަތުރުފުޅާއެކު އިންޑިއާ އާއި އިސްރާއީލުގެ ގާތް އެކުވެރިކަން އިތުރު ހަރުފަތަކަށް ގޮސް، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް އައު ބާރެއް ލިބިގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު