މޫސާގެފާނު (ޢަލައިހިއްސަލާމް) އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއެކު ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކުރެއްވި ދަތުރުފުޅުގައި، ކަނޑު ދެފަޅިވި މުޢުޖިޒާތަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ހާދިސާއެވެ.

ﷲ ގެ އަމުރުފުޅަށް މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން، ކަނޑުގެ ފެންގަނޑު ދެފަރާތަށް ކަހައިލެވި، މެދުގައި ހިކި މަގެއް އުފެދުނެވެ. މި މަގުން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން އަމާންކަމާއެކު ފަހަނައަޅައި ދިޔައިރު، އެކަލޭގެފާނު ފަހަތުން ދިޔަ ފިރުޢައުނާއި އޭނާގެ ލަޝްކަރު އެ ކަނޑުގެ ތެރެއަށް ޣަރަޤުވެ ނެތިދިޔައެވެ.



ކަނޑު ދެފަޅި ކުރި ސަރަހައްދު


މި މުޢުޖިޒާތް ހިނގި ސަރަހައްދާ ބެހޭގޮތުން ތާރީޚީ ގޮތުންނާއި ސައިންޓިފިކް ގޮތުން ތަފާތު ދިރާސާތަކެއް ކުރެވިފައިވެއެވެ. މިގޮތުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިޞްރުގެ ސައިނާ ޕެނިންސިއުލާގައި އޮންނަ ނުވޭބާ ބީޗް ސަރަހައްދުގައެވެ.

މި ސަރަހައްދުގެ ކަނޑުގެ އަޑީގައި ކުރެވުނު ދިރާސާތަކުން، އެ ޒަމާނުގެ ރަސްކަލުން ބޭނުންކުރި ފަދަ ރަސްމީ ގާޑިޔާތަކުގެ ފުރޮޅުތަކާއި، އިންސާނުންނާއި އަސްތަކުގެ ކަށީގެ ބައެއް ބައިތައް ފެނިފައިވާ ކަމަށް ބައެއް ދިރާސާވެރިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު