ސ. ފޭދޫ ނަޔާ ސެލޫންގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތެއް އިސްލާމްދީން ގަބޫލުކޮށް، މިއަދު ޝަހާދަތުގެ ދެކަލިމަ ކިޔައިފިއެވެ.
ސަދަރުވަން ނަމަކަށް ކިޔާ މިމީހާ އިސްލާމްވީ ފޭދޫ މިސްކިތުގައެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ދިވެހި ފިރިހެނަކު އޭނާއަށް ޝަހާދަތުގެ ދެކަލިމަ ކިޔައިދެމުން ދިޔައިރު، އޭނާ ދިޔައީ ވަރަށް ސަމާލުކަމާއެކު އެ ކަލިމަތައް ތަކުރާރު ކުރަމުންނެވެ.
އިސްލާމްވުމަށްފަހު އޭނާ މިހާރު ވަނީ އޭނާގެ ނަން ޢަބްދުﷲ އާދަމް އަށް ބަދަލު ކޮށްފައެވެ. އޭނާ އިސްލާމްވީ ވީޑިއޯ ޢާއްމުކުރި "މިޝްކަތް ފައުންޑޭޝަނުން" ވަނީ، ޢަބްދުﷲ އާދަމަށް އިސްލާމްދީން މަތީގައި މަރުވުމާއި ހަމައަށް ދެމިހުރުމުގެ ސާބިތުކަން ދެއްވުމަށް އެދި ދުޢާކޮށް މީސްމީޑިއާގައި މެސެޖެއް ޙިއްސާ ކޮށްފައެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގައި އޮތް ހަމައެކަނި ސައްތައިން ސައްތަ މުސްލިމް ގައުމަށް ވާއިރު، ރާއްޖޭގެ ގާނޫނުއަސާސީން ވެސް ލާޒިމުކުރަނީ ރާއްޖޭގެ ރަށްވެއްސަކަށް ވެވޭނީ މުސްލިމުންނަށް ކަމަށެވެ.
މީގެ ކުރިން ވެސް ރާއްޖެއަށް ޗުއްޓީއަށް އައިސްފައިވާ ބައެއް ފަތުރުވެރިންނާއި، ބައެއް މަސައްކަތްތެރިން ވަނީ، ރާއްޖޭގައި ތިބެ އިސްލާމްދީން ގަބޫލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު