މިހާރުގެ ސަރުކާރުގެ އެއްވެސް ސިޔާސަތެއްގައި މިސްރާބެއް ނެތް ކަމަށާއި، ފެންނަމުންދަނީ ހަމައެކަނި ބޮޑެތި ހެޑްލައިންތައް ހެދުމަށް މަޝްރޫއުތައް އިއުލާން ކުރަމުންދާ މަންޒަރު ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަމްރު ވިދާޅުވީ، މިސަރުކާރުގެ އެއްވެސް ސިޔާސަތެއްގައި މިސްރާބެއް ނެތް ކަމަށެވެ. އެގޮތުން މިސަރުކާރުން ކުރިއަށް ކުރާނެ ކަންކަމާއި، ފަހުން ކުރާނެ ކަންކަމުގެ އެއްވެސް ތަރުތީބެއް ނެތް ކަމަށާއި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރު ރާސްތާގައާއި މެދު ރާސްތާގައި ކުރިއަށް ގެންދާނެ އެއްވެސް ޕްލޭނެއް ފެންނަން ނެތް ކަމަށް އަމްރު ވިދާޅުވިއެވެ.
"ކޮބައިތޯ އަޅުގަނޑުމެން މި ރާއްޖޭގެ މި ދަރާފައިވާ ދަރަނި ދައްކާނެ ގޮތުގެ ޕްލޭނަކީ؟ ކޮބައިތޯ އާމްދަނީ އިތުރު ކުރާނެ ގޮތުގެ ޕްލޭނަކީ؟" އަމްރު ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން ޑޮލަރުގެ އަގު ތިރިކުރުމަށާއި، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ނުފެންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ބޮޑެތި މަޝްރޫއުތައް އިއުލާންކޮށްގެން މީޑިއާގެ ސަމާލުކަން ހޯދުމަށެވެ.
"އެ ހެޑްލައިން ހަދާލީމަ އެ ހަފްތާގައި ބޮޑު ކަންތައްތަކެއް ވެގެން އެބައުޅޭ. އެއަށްފަހު އަނެއްކާ އެކަމެއްވެސް ނުހިނގާ،" އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ދައުރުގެ ދެބައިވެފައިވާއިރު، ރައްޔިތުންގެ ޖީބަށް ލިބުނު އެއްވެސް ލުޔެއް ނެތްކަން ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ، ތަކެތީގެ އަގު ހެޔޮނުވާ ކަމަށާއި، އާމްދަނީ އިތުރުނުވާ ކަމަށެވެ. އަދި ސަރުކާރުން ދޭ ހިދުމަތްތަކުގެ ފެންވަރުވެސް ރަނގަޅުވަމުން ނުދާ ކަމަށް އަމްރު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާއިރު، ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށް ސަރުކާރުން ކުރާނެ ކަންކަމެއް ސާފުނުވާ ކަމަށާއި، ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ސަބަބެއް ސަރުކާރަށް ބުނެދެވިފައި ނުވާކަމަށްވެސް އަމްރު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކަށް ލޯކަލް އިންތިޚާބު ކާމިޔާބުވެއްޖެނަމަ ވާނެ ގޮތެއްވެސް ސަރުކާރުން ހާމަކޮށްދީފައި ނުވާ ކަމަށް އަމްރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު