މާލޭ އުތުރުފަރާތު ބަނދަރުގެ އެއްގަމު ތޮއްޓަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް އެމްޕީއެލް އިން ތައްޔާރުވެއްޖެއެވެ.
އެމްޕީއެލުން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، މިހާރު ވަނީ އަލުން މާލޭ ނޯތު ހާބަރުގެ އޭ ޒޯން އަށް ބަނދަރުކުރަން ފަށާފައި ކަމަށެވެ. މީގެ އިތުރުން، ކުރިން އޭ ޒޯން އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޕީއެލުން ބުނެފައިވެއެވެ.
ނޯތު ހާބަރުގެ ޚިދުމަތް އަލުން ފެށިއިރު ގެނެސްފައިވާ އެންމެ ބޮޑޫ އެއް ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުމެވެ. މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ހަމައެއާއެކު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ ބީ ޒޯނަށް އުޅަނދުތައް ބަދަލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށްވެސް އެމްޕީއެލުން ބުންޏެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން މިހާރު ވަނީ ރަސްމީ ފާލަމުން ފެށިގެން ނޯތު ހާބަރާހަމައަށް މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން މަގު ފުޅާކޮށް ހެންވޭރު ފެރީ ޓާރމިނަލާ ހަމައަށް ތަރައްޤީ ކުރުމުގެ މަސައްކަތް އޭޕްރީލް ނުވަތަ މެއި މަހު ނިމޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު