އެމެރިކާގެ އަސްކަރީ އެންމެ އިސްވެރިޔާ ޖެނެރަލް ޑޭން ކޭން، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމުގައި ހުރި ނުރައްކާތަކާ ބެހޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދެއްވާފައިވާ ކަމަށް ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ.
މި ރިޕޯޓުގައިވާ ގޮތުން، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ކޭން ވަނީ، އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި، ސަރަހައްދީ ހަމަޖެހުމަށް އަތުވެދާނެ ލޮޅުންތަކާ ބެހޭ ތަފްސީލީ މައުލޫމާތު ރައީސާ ހިއްސާކުރައްވާފައެވެ.
ވަކިން ހާއްސަކޮށް، ޔޫކްރޭނާއި އިޒްރޭލުގެ ހަނގުރާމަތަކަށް އެހީތެރިވުމުގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ރަސްމީ ރިޒާވް މަދުވެފައިވާ ދަނޑިވަޅެއްގައި އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި ކަމަށްވެއެވެ.
ނަމަވެސް، މި ރިޕޯޓްތަކާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެ، އެއީ "ފޭކް ނިއުސް" ނުވަތަ ދޮގު ޚަބަރުގެ ގޮތުގައި ސިފަކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ޖެނެރަލް ކޭންއާ އެކު އޮތީ ވަރަށް ބަދަހި ގުޅުމެކެވެ.
އަދި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި، އެމެރިކާގެ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ބާރު ކަމަށާއި، އީރާނަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގާބިލްކަން އެމެރިކާއަށް ލިބިގެންވާ ކަމަށް ޓްރަމްޕް ތަކުރާރުކުރެއްވިއެވެ.
މީގެ އިތުރުން، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓުވުމަށްޓަކައި ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން، އެމެރިކާއިން މިހާރު ވަނީ މެދުއިރުމައްޗަށް އިތުރު އަސްކަރީ ބާރުތަކާއި މަތިންދާބޯޓު އުފުލާ މަނަވަރުތައް ފޮނުވަން ފަށާފައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން އީރާނާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުން، ސަރަހައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އީރާނުން ވެސް ވަނީ އެމެރިކާގެ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
މި ހާލަތުގައި އެމެރިކާގެ އަސްކަރީ ލީޑަރުންނާއި ސިޔާސީ ވެރިންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުންތަކުގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތަކުގައި މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު