ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ދިމާކޮށް، މި ޚާއްސަ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ދެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ބަސް ހޯދުމަށް މުޅި ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ މުހިންމު ހަރަކާތެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަސަން ޒަކަރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ވޯޓުލުމުގެ އިންތިޒާމުތަކަށް މާބޮޑު ބަދަލެއް ނައި ނަމަވެސް، މިކަމަށް ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. އެގޮތުން ކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓުން ހޮވުމަށް ވޯޓުލާއިރު، މި ޚިޔާލު ހޯދުމުގެ ވޯޓަށް ވަކި ޚާއްސަ ކަރުދާހެއް ދޫކުރެވޭނެ ކަމަށާއި، އެ ކަރުދާހުގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ސުވާލަށް "ފެންނަ" ނުވަތަ "ނުފެންނަ" ކަމަށް ފާހަގަޖެހުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ވޯޓުގައި ރައްޔިތުން ގޮތެއް ނިންމަންޖެހޭ އަސާސީ ސުވާލަކީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ކަނޑައެޅުމަށް ޤާނޫނުއަސާސީއަށް ގެނައުމަށް ފާސްކޮށްފައިވާ 8 ވަނަ އިސްލާހު ތަސްދީޤުކުރުމާ މެދުގައެވެ.
އީސީން ބުނިގޮތުގައި، ވޯޓުލާ ދުވަސް ޖެހުމުގެ ކުރިން މި ސުވާލުގެ މާނައާއި އޭގެ މަޤްސަދު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިމަސައްކަތުގައި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ދައުރު ބޮޑުކަމަށާއި، ވީހާވެސް ފުޅާ ދާއިރާއެއްގައި މި މައުލޫމާތު ފޯރުކޮށްދިނުމަށް އެފަރާތްތަކުން މަސައްކަތްކުރަންޖެހޭ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
މި ވޯޓު ވަކިން ނަގާނަމަ ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭނެތީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ކައުންސިލް އިންތިޚާބާ އެކުއެކީގައި މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު