އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާގެ ފެޝަން ޝޯ އެއްގައި ބޭނުން ކުރި ލަވައަކުން މީސްމީޑިއާގައި މުސްލިމުންގެ އިތުރުން ގިނަ ބައެއްގެ ފަރާތުން ފާޑުކިޔުން އަމާޒުވާން ފެށުމުން ރިހާނާ މުސްލިމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

ރިހާނާގެ ފެޝަން ޝޯގައި ބޭނުން ކޮށްފައިވާ ލަވައަކީ ކުކޫ ކްލޯއީ ކިޔާފައިވާ ޑޫމް އެވެ. މިލަވައިގައި މުހައްމަދުގެފާނުގެ ހަދީޘްފުޅެއް ހިމަނާފައި ވުމުން، މުސްލިމުންގެ އިތުރުން ގިނަ ބައެއްގެ ފަރާތުން ފާޑުކިޔުން ރިހާނާ އަށް އަމާޒުވެގެން ދިޔައެވެ.

މިކަމާ ގުޅޭގޮތުން މިދިޔަ އަންގާރަ ދުވަހު ރިހާނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް މައާފަށް އެދިފައެވެ. ރިހާނާގެ އިންސްޓަގްރާމް ޕޯސްޓުގައި ލިޔެފައި ވާގޮތުން، އެއްވެސް ދީނަކަށް އަދި އެއްވެސް ބައެއް ގަބޫލުކުރާ ގަބޫލު ކުރުންތަކަކަށް މަލާމާތްކޮށް އިޚުތިރާމް ގެއްލޭފަދަ ކަމެއް އޭނާ ނުކުރާނެ ކަމަށާއި، މިއީ ގަސްތުގައި ކޮށްފައިވާ ކަމެއްނޫން ކަމަށެވެ. އަދި މިފަދަ ކަމެއް ކުރެވުނުކަން އޭނާގެ ސަމާލުކަމަށް ގެނެސްދިނީތީވެ މުސްލިމުންނަށް ޝުކުރު އަދާކޮށްފައިވެސްވެއެވެ.

ރިހާނާގެ ފެޝަން ޝޯގައި ބޭނުން ކުރެވިފައިވާ ކުކޫ ކްލޯއީ ކިޔާފައިވާ ޑޫމް ލަވައިގަ ހިމަނާފައިވާ މުހައްމަދުގެފާނުގެ ހަދީޘްފުޅުގައި ގިޔާމަތް ދުވަހުގެ އަލާމާތްތަކުގެ ވާހަކަ އަށްް އިޝާރާތް ކޮށްފައިވެއެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ރިހާނާގެ ސެވޭޖް އެކްސް ފެންޓީ ފެޝަން ޝޯ ބާއްވާފައިވަނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން