ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ފެންނަނުފެންނަ ވޯޓުގެ ވޯޓު ފޮށިތައް ރާއްޖޭން ބޭރުގައި ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. މި އިންތިޚާބުތަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ވަނީ ހަމަވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އެހެން ތަންތަނަށް ވޯޓުލުމަށް ޖުމްލަ 26،454 މީހުން ރީ-ރަޖިސްޓަރީ ކޮށްފައިވެއެވެ. މީގެ ތެރެއިން ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް މީހުން ރަޖިސްޓަރީވެފައި ވަނީ 21 ރިސޯޓެއްގައެވެ.
އާންމުކޮށް ރާއްޖޭން ބޭރުގައި ދިވެހިން ގިނައިން އުޅޭ އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓި ނަމަވެސް، މި އަހަރު އެއްވެސް ގައުމަކުން ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ މިންވަރަށް މީހުން ރީ-ރަޖިސްޓަރީ ކޮށްފައި ނުވާ ކަމަށް ކޮމިޝަނުން ބުނެއެވެ.
މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294،937 މީހުންނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ. މި އިންތިޚާބުގައި ލޯކަލް ގަވަމަންޓްގެ 1،356 މަންދޫބުން އިންތިޚާބު ކުރާނެއެވެ. އެއީ ކައުންސިލްތަކަށް 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މެންބަރުންނެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރަތަމަ އިޢުލާން ކުރެއްވީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. ރައީސް ވިދާޅުވެފައިވަނީ މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ މި ފެންނަނުފެންނަ ވޯޓު އަވަސްއަރުވާލައިގެން ކުރިއަށް ގެންދާާތީ ސަރުކާރަށް ފާޑުކިޔާފައެވެ. އަދި މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން އާންމުން ހޭލުންތެރިކުރުވުމަށް އެކަށީގެންވާ ވަގުތު ދީފައިނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު