ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ރާއްޖޭއިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މީގެ ކުރިން އިންތިޚާބުތަކުގައި ވޯޓު ފޮށި ބަހައްޓާ މެލޭޝިއާ އާއި ސްރީލަންކާ ފަދަ ގައުމުތަކުގައި ވޯޓުލާން އެކަށީގެންވާ އަދަދަކަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ބޭރު ގައުމުތަކުގެ އިތުރުން، ބައެއް ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވެސް ވޯޓު ފޮށި ނުބަހައްޓަން ވަނީ ނިންމާފައެވެ. އެގޮތުން 28 ރިސޯޓަކާއި، ހުޅުލެ، ތިލަފުށި އަދި ގދ. ކާޑެއްދޫގައި ވޯޓު ފޮށި ނުބަހައްޓާނެއެވެ. މި ތަންތަނަށް ވޯޓުލާން ރަޖިސްޓްރީ ކުރި ފަރާތްތަކާއި، ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށް ފާހަގަކުރެވުނު މީހުންނަށް އަލުން ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އަލުން ރަޖިސްޓްރީ ވުމަށް ދީފައިވާ މުއްދަތަކީ ފެބްރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 އާ ހަމައަށެވެ. މި އިންތިޚާބަކީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބެކެވެ. އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 25,454 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު